ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން
ތުޅާދޫގެ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : އަބޫބަކުރު ޔޫސުފް
1 month ago 0 Comments
އެއީ 1984ވަނަ އަހަރު އޭދަފުށީ ބަހިއްޔާއާއެކު ކުޅެވުނު ފުޓްބޯޅަ މެޗަށް ތުޅާދޫ ސްކޫލުން ހޮވާލެވުނު ޓީމުގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އިސްކޮޅުން އެންމެ ކުރު ކުޅުންތެރިޔާއެވެ. ތުޅާދޫ ޓީމު އޭދަފުށްޓަށް ގޮސް ޓީމުގެ ހުރިހާ ބައިވެރިން އޭދަފުށީ ތަޢުލީމީ މަރުކަޒުގައި ނިދުމުގެ އިންތިޒާމު ހަމަޖެއްސި އިރު އެ ކުޅުންތެރިޔާ ހަގުކަމުން އާއިލީ އެހެން ގެއަކަށް ބަދަލުކުރަން ޖެހުނު ކުޅުންތެރިޔާއެވެ. އެއީ ބ. ތުޅާދޫ ފިޔަޖަހާގޭ އަބޫބަކުރު ޔޫސުފެވެ.