ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ތުޅާދޫ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : ޢަބްދުއްރަޝީދު އަބޫބަކުރު

ތުޅާދޫ ފުޓްބޯޅައިގެ ތާރީޚުގެ ތެރެއިން މިއަދުގެ މެހުމާނަކީ އުއްސަކުރުވާދީ ޢަބްދުއްރަޝީދު އަބޫބަކުރެވެ. ޢަބްދުއްރަޝީދު ނިސްބަތްވެލައްވާ ބޮޑުބަކުރު އާއިލާގެ ބައެއް މެންބަރުންނަކީ ރަށުފެންވަރާއި އަތޮޅު ފެންވަރުގައި ކުޅުނު ކުޅުންތެރީންނެވެ. ޢަބްދުއްރަޝީދަކީ ވެސް ރަށުފެންވަރުގައި ކުޅުއްވި ކުޅުންތެރިއެކެވެ.

"އެންމެ ފުރަތަމަ ބޯޅަކުޅުނީ ރަޝާދުގެއާ ކަރީމްގެއާ ދިމާ އޮންނަ ހުސް ބިމެއްގައި. އޭގެ ފަހުން ބޯޅަދަނޑު ހަދައިގެން އެ ތަނުގައި ކުޅެންފެށީ. އޭރު ވެސް ބޯޅަކުޅުމަކީ ޝައުގުވެރިވާ ކުޅިވަރެއް" ޢަބްދުއްރަޝީދު ބުނުއްވިއެވެ.

އަބްދުއްރަޝީދުމެން ކުޅުއްވި ދުވަސްވަރަކީ ކުޅިވަރުގެ ވަސީލަތްތައް ފަސޭހައިން ލިބުނު ދުވަސްވަރެއް ނޫނެވެ. އެ ދުވަސްވަރަކީ އަމިއްލައަށް ބޯޅަ ތައްޔާރުކުރި ދުވަސްވަރެވެ.

"ބޯޅަ ތައްޔާރުކުރަނީ އަމިއްލައަށް. ފުއްޕާހަމާއި ގޯންޏާއި ސުތުލި ބޭނުންކޮށްގެން ބޭރުގައި ފޮތިއޮޅައި ފަހައިގެން. އެ ދުވަސްވަރު އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ސާދާގޭ ޢަބްދުލްޤާދިރު ހިމެނޭ" ޢަބުދުއްރަޝީދު ބުނުއްވިއެވެ.

ތުޅާދޫ ޓީމުތައް އެކި ރަށްރަށާ ވާދަކުރުމަށް އެކި ރަށްރަށަށް  މުބާރާތަކަށް ދިޔަ ނަމަވެސް އަބްދުއްރަޝީދަކީ ރަށްރަށަށް ގޮސް މުބާރާތްތަކުގައި ވާދަކުރި ކުޅުންތެރިއެއް ނޫނެވެ. ލިބޭ ހުސް ވަގުތުގައި ހިތްހަމަ ޖައްސާލުމަށް ކުޅެއުނުޅު ކުޅުންތެރިއެކެވެ. "ނަމަވެސް ސިލްވަރ ޝައިން ކްލަބުން އެއް ފަހަރަކު ތޮއްޑޫއަށް ދިޔަ ދަތުރެއްގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުނިން. އެ މެޗުގައި ގޯލްކީޕަރަކަށް ކުޅުނީ ކިއްލިބެ. އެ މެޗުން މޮޅުވީ ތޮއްޑޫ މީހުން" މާޒީގެ ހަނދާންތައް އަބްދުއްރަޝީދު އާކުރެއްވިއެވެ.

އަބްދުއްރަޝީދަކީ ކުޅިވަރުގެ އާއިލާއެއް ބިނާކުރެއްވި ޚިދުމަތްތެރިއެކެވެ. އަބްދުއްރަޝީދުގެ އެންމެ ދޮށީ ދަރިފުޅު މުޙައްމަދު ނާޞިޙަކީ ތުޅާދޫން ހޮވާލެވޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ތުޅާދޫ ޒުވާނުންގެ ގުޅުމުން 3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދި އިރު އެޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އަބްދުއްރަޝީގެ އަޙުމަދު ނިޔާޒާއި ޙަސަން އިނާޒާއި ހައްސާން ރަޝީދަކީ ވެސް ރަށު ފެންވަރުގެ ކުޅުންތެރީންނެވެ. ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުން ވެސް ފާހަގަކުރެވުނު ކުޅުންތެރީންނެވެ. އަބްދުއްރަޝީދުގެ ކާފަދަރިފުޅު އިބްރާހީމް ރަފާހަކީ މިއަދު ތުޅާދޫގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.

ދެމިގެން ގޮސްފައިވާ ކުޅިވަރުގެ އާއިލާއެއް ބިނާކޮށްދެއްވި އަބްދުއްރަޝީގެ އެހީތެރިން އޭނާގެ ކޮންމެ ކުއްޖަކު ވެސް ފާހަގަކުރެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
75%
އުފާވި
0%
ދެރަވި
0%
ރުޅިއައި
25%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments