ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
ލިޔެލާޖެހުމޭ ބުނުމުން އެ ރަށެއްގެ ނަން ހަނދާންވާ ރަށަކީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ނޫން ދެން އެހެން ކޮން ރަށެއް ހެއްޔެވެ؟ މިހާތަނަށް ފެންނަން ހުރި ލިޔެކިޔުންތަކުން ޔަގީންވާ ކަމަކީ، ލިޔެލާޖެހުމަށް ޚާއްޞަވެފައިވާ ރަށެއްގެ ގޮތުގައި ތުޅާދޫއަށް ދިވެހި ތަރީޚުން ޖާގަދީފައިވާ ކަމެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވުނު ކޮންމެ މުބާރާތަކުން ފަޚުރުވެރި އެއްވަނަ، މިއަދާ ހަމައަށް ދަމަހައްޓަމުން އައިސްފައިވަނީ ވެސް ތުޅާދޫއަށް ނިސްބަތްވާ ތުޅާދޫގެ އުފަންދަރިންގެ އުފެއްދުންތަކެވެ. މިދެންނެވި ލިޔެލާޖެހުމުގެ މަސައްކަތާ، މުޅި ތުޅާދޫގެ ތާރީޚު ގުޅިފައިވުމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.