3 days ago 0 Comments
ވެލާނާގޭ ދެކުނުފަރާތުގައި ހުރި އަނބުގަސްދޮށުގައި ކޮޅަށް އެ ހުންނެވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އިބްރާހީމް ނާސިރު އެ ހުންނެވީ، އެ އަނބުގަސްދޮށުގައި ލިޔެލާޖެހުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއްގެ މަސައްކަތް ބައްލަވައިލައްވާށެވެ. އެ މަސައްކަތްކުރަމުން ގެންދިޔައީ، ލިޔެލާޖެހުމުގެ މަސައްކަތުގައި ފާހަގަކުރެވޭ ތުޅާދޫގެ ބައެއް ފަންނުވެރީންނެވެ. އޭރު ތިން ހަރުގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރަމުންދިޔަ އިރު، އޭގެ ތެރެއިން އެއްހަރުގައި ލިޔަމުން ދިޔަ ނިކަން ގައިކުލަ އަލި، ޒުވާން ފަންނުވެރިޔަކީ، ބ.ތުޅާދޫ، އަސުރުމާގޭ ޢުމަރު މޫސާ (ދޮންގުޅި ޢުމަރު)ގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ޢުމަރެވެ. ތުޅާދޫގެ މިހާރުގެ މީހުންގެ ބަހުން ނަމަ، އެއީ ތުޅާދޫ، އޮފްދާރު، މުޙައްމަދު ޢުމަރު ނުވަތަ ދޮންގުޅި ޢުމަރުގޭ މުހައްމަދެވެ.