ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ

ތުޅާދޫ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކުރި ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ މަސައްކަތް ދުވަހުގެ 5 ގަޑިއިރާ 30 މިނެޓްގެ މަސައްކަތުން 61 ހާސް ރުފިޔާ ހޯދައިފިއެވެ.

ޕީޓީއޭގެ ރައީސް އަދި ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވީ ބައި ދުވަހުގެ މަސައްކަތުން ހޯދުނު ނަތީޖާ ރަނގަޅު ކަމަކަށާއި މި ކަމުގައި ރަށުގެ ވަރަށް ގިނަ ބެލެނިވެރީން ޢަމަލީ ގޮތުން ޝާމިލުވި ކަމަށެވެ. އަދި ޢަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންވޭ ބޭފުޅުންގެ ތެރެއިން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑު އެހީތެރިކަމެއް ބެލިނިވެރީންގެ ފަރާތުން ލިބުނު. ގުރޫޕްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރި. ޖުމުލަ 61841 ރުފިޔާ ޖަމާކުރެވުނު. ބައި ދުވަހަށް ބަލާ އިރު އެއީ ވަރަށް ރަނގަޅު ޢަދަދެއް" ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއަދު ހެނދުނު 6:30ން ފެށިގެން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްކޫލުގެ ބެލެނިވެރިން ޖުމުލަ 5 ކޮށްޓަކަށް ބަހާލައިގެން މަސައްކަތް ކުރިއެވެ. މިގޮތުން އެންމެ ގިނައިން ފައިސާ ހޯދި ގުރޫޕަށް ލިބިފައިވަނީ 13460 ރުފިޔާއެވެ. އެއް ގުރޫޕް ފިޔަވާ އެހެން ހުރިހާ ގުރޫޕްތަކަކަށް ވެސް 11 ހާހަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު އެންމެ މަދުން ހޯދި ގުރޫޕުން ވެސް 9945 ރުފިޔާ ހޯދާފައި ވެއެވެ. ޕީޓީއޭގެ މަސައްކަތު ދުވަހުން މުޅި ޖުމުލަ 61841 ރުފިޔާ ހޯދިފައިވެއެވެ. މިއަދު ލިބުނު ފައިސާއާ އެކު ޕީޓީއޭގެ ބަޖެޓްގައި ޖުމުލަ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައި އެބަ ހުއްޓެވެ.

ތިރީގައި އެވަނީ ފައިސާ ލިބުނު ގޮތުގެ ތަފުސީލެވެ.

your imageޕީޓީއޭ މަސައްކަތު ދުވަހުން ފައިސާ ލިބުނު ގޮތުގެ ތަފުސީލު

ޕީޓީއޭއިން ހާމަކޮށްފައިވާ ގޮތުން މި ހަރަކާތުން ލިބުނު ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ސްކޫލުގެ ކެންޓީނު މަޝްރޫޢު ނިންމުމަށާއި ޓާފް ދަނޑެއް އެޅުމަށާއި ދަރިވަރުންގެ ކިޔެވުމަށާއި ހިންގޭ އެކިއެކި ހަރަކާތްތަކުގައި ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 week ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 week ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 week ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
1 week ago 0 Comments