ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

މި އަހަރުގެ ޢީދު ފުޓްބޯޅަ މެޗު - ތުޅާދޫއާއި ގޮއިދޫ

ފަހަކަށް އައިސް ކޮންމެ ބޮޑު ޢީދަކު ތުޅާދޫގައި ބާއްވަމުން އަންނަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ތުޅާދޫ ޓީމާ ދެކޮޅަށް ގޮއިދޫގެ ފުޓްބޯޅަ ޓީމު ކުޅޭގޮތަށް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ވަޅުޢީދު ދުވަހުގެ ހަވީރު ތުޅާދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ފުޓްބޯޅަ މެޗުގައި ވާދަކުރާނީ ދެ ރަށުގެ ވެސް 35 އަހަރުން މަތީގެ ކުޅުންތެރީންނެވެ.

މެޗުގެ ކަންކަން އިންތިޒާމުކުރެއްވުމުގައި އިސްކޮށް ހުންނެވި ޢަބްދުﷲ ރަޝީދު ޔޫސުފް ވިދާޅުވީ ތުޅާދޫގައި ކުރިއަށް ގެންދާ މި މެޗަކީ ތުޅާދޫގެ 35 އަހަރުން މަތީގެ ކުޅުންތެރީން، ފުޓްބޯޅައިގައި އިތުރަށް ދެމިތިބުމަށް ހިތްވަރު ދިނުމަށާއި ދެ ރަށުގެ ގުޅުން އިތުރަށް ބަދަހިކޮށް އީދުގެ ފޯރި އިތުރުކުރުމަށް ޓަކައި ކުރިއަށް ގެންދެވޭ މެޗެއް ކަމަށެވެ.

your imageމިދިޔަ އަހަރު ކުޅެވުނު މެޗުގެ ކުރިން ތުޅާދޫ ކެޕްޓަން ފަރުހާދު، ކިހާދޫ ކެޕްޓަން އާމިރަށް ހަނދާނީ ހަދިޔާ ހަވާލުކުރަނީ 

"ތުޅާދޫއަކީ ފުޓްބޯޅައިގެ ރަށެއް. ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް. ނަމަވެސް މިހާރު މި ފެންނަނީ 35 އަހަރު ނުވަނީސް ކުޅުންތެރީން ފުޓްބޯޅަ ކުޅުމާ ދުރަށްދާ މަންޒަރު. އެހެންވީމާ އެކަން އެހެން ވިޔަ ނުދީ، 35 އަހަރު ވިޔަސް ފުޓްބޯޅަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ އުޅުމަށް ހިތްވަރު ދިނުމަށް މި މެޗު މި ރާވަނީ. އަނެއްކާ ކުރީގެ ކުޅުންތެރީންގެ ހުނަރު އަދުގެ ކުދީންނަށް ފެނުމަކީ ވެސް މުހިންމު ކަމެއް" ތުޅާދޫ ކައުންސިލް މެންބަރުކަން ކުރިން ކުރެއްވި ޢަބްދުﷲ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ދެ އަހަރު ވެސް ރަށުން ބޭރު ޓީމަކަށް ދަޢުވަތު ދީގެން ތުޅާދޫގައި ބޭއްވި ފުޓްބޯޅަ މެޗަކީ ވަރަށް ކާމިޔާބު ފުޓްބޯޅަ މެޗެއްކަން ޢަބްދުﷲ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަގުޞަދަކީ 35 އަހަރުން މަތީގެ ކުޅުންތެރީންނަށް ފުރުޞަތު ހޯދައިދީ އެ މީހުން ބައިވެރިކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުން. ދެ ރަށުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުން. މި މެޗަށް ގޮއިދޫ ޓީމާ އެކު އެ ރަށުގެ ބައެއް މީހުން ވެސް އަންނާނެ. ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަދިޔާ ކުރާނީ ވެސް އަޅުގަނޑުމެން. މެހުމާނު ދާރީއަދާކުރާނީ ވެސް އަޅުގަނޑުމެން. މިއީ އެކުވެރިކަމުގެ ނަމޫނާ މެޗެއް" ޢަބްދުﷲ އިތުރަށް ވިދާޅުވިއެވެ.

މެޗު އިންތިޒާމު ކުރެއްވުމުގައި އިތުރަށް އުޅުއްވާ މުޙައްމަދު ޢުޘްމާން ވިދާޅުވީ ރަށުގެ 35 އަހަރުން މަތީގެ ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ކުޅިވަރުގެ ރޫހު އިތުރުކުރުމުގައި މިފަދަ މެޗުތަކުގެ ދައުރު ބޮޑުކަމަށެވެ.

your imageތުޅާދޫ ދަނޑުގައި ކުރިއަށް ދިޔަ މެޗެއް، ކުރީގެ ބައެއް ކުޅުންތެރީން ބައްލަވައިލައްވަނީ

"ހަގީގަތުގައި ވެސް މިއީ ވަރަށް މުހިންމު ކަމެއް. މިފަދަ މެޗުތަކުން ކުޅިވަރުގެ ފޯރި އިތުރުވެ، އެ ރޫހު ގަދަވެގެންދޭ. މި ދިޔަ ދެ އަހަރުގެ މެޗަށް ބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑުމެންނަކީ ކުރީގެ ދަނޑުގައި މިފަދަ އެކުވެރިކަމުގެ މެޗުތައް ނިކަން ގިނައިން ކުޅުނު ބައެއް. އެ އުފާވެރި މާޒީ އަނބުރާ ގެނެސްދިނުމަކީ ވެސް މިފަދަ މެޗުތަކުގެ މަގުޞަދެއް" ތުޅާދޫ ސިލްވަރ ޝައިންކުލަބުން ބ.އަތޮޅު މުބާރާތުގައި ތަމްސީލުކުރި ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުޙައްމަދު ވިދާޅުވިއެވެ.

ތުޅާދޫގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ އެހީތެރިކަމާ އެކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ ތާރީޚަށް ބަލާ އިރު 2024ވަނަ އަހަރުގެ ބޮޑު ޢީދުގައި ތުޅާދޫ ޓީމު ވާދަކުރީ ހިތާދޫ ޓީމާ ދެކޮޅަށެވެ. އެ މެޗު 2 ލަނޑު 0 ލަނޑުން މޮޅުވީ ތުޅާދޫ ޓީމެވެ. 2025ވަނަ އަހަރު މެޗު ކިހާދޫއާ ދެކޮޅަށް ކުޅެފައިވާ އިރު އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

your imageމިދިޔަ އަހަރުގެ މެޗުގެ ތެރެއިން

ތުޅާދޫގައި ކުރިއަށް ގެންދެވޭ އެކުވެރިކަމުގެ މި މެޗަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި ގިނަ ބައެއްގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.  

"މި މެޗު ކުރިއަށް މި ގެންދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. ޚާއްޞަކޮށް ކައުންސިލާއި ކުލަބުޖަމިއްޔާތަކާއި ކުޅިވަރަށް ލޯބިކުރާ ރައްޔިތުންގެ އެހީތެރިކަން ފާހަގަކޮށްލަން. އަދި އެ ފަރާތްތަކަށް ޝުކުރު ވެސް ދަންނަވަން. އަޅުގަނޑުމެން އުންމީދު މި ކުރަނީ މި ފަހަރުގެ މެޗު ވެސް ވަރަށް ފޯރިޔާ އެކު ވަރަށް އެކުވެރިކަމާ އެކު ނިންމާލެވޭނެ ކަމަށް. އަދި ގިނަ ބަޔަކު ސްޕޯޓްކުރަން ނުކުތުމަކީ ވެސް އަޅުގަނޑުމެން ފުޓްބޯޅަ އާއިލާގެ ވަރަށް ބޮޑު އެދުމެއް." ޢަބްދުﷲ ވިދާޅުވިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments