ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް

ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ބޮޑު ޢީދުގައި ތުޅާދޫގައި ބާއްވަމުން އަންނަ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުގެ، މިއަހަރުގެ މެޗު ގޮއިދޫއާ ދެކޮޅަށް ކުޅެ ތުޅާދޫ ޓީމުން ކާމިޔާބުކޮށްފިއެވެ.

މި އަހަރުގެ ވަޅުޢީދު ދުވަހުގެ ހަވީރު ތުޅާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު، ތުޅާދޫގެ 35 އަހަރުން މަތީގެ ޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. 

މުބާރާތުގެ ތާރީޚަށް ބަލާ އިރު 2024ވަނަ އަހަރުގެ ބޮޑު ޢީދުގައި ތުޅާދޫ ޓީމު ވާދަކުރީ ހިތާދޫ ޓީމާ ދެކޮޅަށެވެ. އެ މެޗު 2 ލަނޑު 0 ލަނޑުން މޮޅުވީ ތުޅާދޫ ޓީމެވެ. 2025ވަނަ އަހަރު މެޗު ކިހާދޫއާ ދެކޮޅަށް ކުޅެފައިވާ އިރު އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. 

your imageތުޅާދޫގެ ޓީމު

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ރަށުގެ ހުނަރުވެރި ކުޅުންތެރީންގެ ކުޅުން ފެނިފައިވާ އިރު މި މެޗު ޝަރަފުވެރިކޮށްދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޢަލީ ސްޒޭންއެވެ. ތުޅާދޫގައި ކުރިއަށް ގެންދިޔަ މި މެޗަކީ ތުޅާދޫގެ 35 އަހަރުން މަތީގެ ކުޅުންތެރީން، ފުޓްބޯޅައިގައި އިތުރަށް ދެމިތިބުމަށް ހިތްވަރު ދިނުމަށާއި ދެ ރަށުގެ ގުޅުން އިތުރަށް ބަދަހިކޮށް އީދުގެ ފޯރި އިތުރުކުރުމަށް ޓަކައި ކުރިއަށް ގެންދިޔަ މެޗެކެވެ. 

your imageގޮއިދޫގެ ޓީމު

މި އަހަރުގެ މެޗަކީ ވެސް ވަރަށް ކާމިޔާބު އަދި އެކުވެރިކަމުގެ ރީތި ނަމޫނާ ފެނިގެން ދިޔަ މެޗެކެވެ.

your imageމެޗު ޝަރަފްވެރިކޮށްދެއްވި ކުރީގެ ގައުމީ ކޯޗާއި ކައުންސިލްގެ ރައީސް (މެދުގައި)


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments