
ޕީޓީއޭގެ މަސައްކަތުގެ ދުވަހުގެ މައިގަނޑު ބޭނުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާ ދެމެހެއްޓެނިވި ގޮތަކަށް ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ މަގު ފަހިކުރުމާއި ސްކޫލުގެ އުމްރާނީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމާއި ބެލެނިވެރިންނާއި މުވައްޒަފުން އަދި މުޖުތަމަޢުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެކުވެރިކަމާ އެކު ސްކޫލަށް ޚިދުމަތްކުރުރުމުގެ ރޫހު އާލާކުރުމެވެ.
މި ހަރަކާތްކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވަނީ ޖޫން މަހުގެ 6ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:30ން ފެށިގެން މެންދުރު 12:00 އަށެވެ. ހަރަކާތް އިންތިޒާމުކޮށްފައިވަނީ ސްކޫލުގެ ބެލެނިވެރިން ޖުމުލަ 5 ކޮށްޓަކަށް ބަހާލައިގެން ކޮންމެ ކޮށްޓަކުން ވެސް އެ ސަރަހައްދެގެ ގެތަކާއި ތަންތަނުން ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހޯދައި އެ މަސައްކަތްތައް ބެލެނިވެރީންގެ ޓީމުތަކުން ފުރިހަމަ ކުރާ ގޮތަށެވެ. މި ގޮތުން ކުރާ މަސައްކަތްތައް ނިމުމުން، މަސައްކަތް ހަވާލުކުރި ފަރާތުން ސްކޫލުގެ ތަރައްގީއަށް ޓަކައި ދެވޭ ފައިސާގެ ދީލަތި އެހީ ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސްކޫލުން އާންމު ކުރި ޕޯޓްފޯލިއޯ ބުނާ ގޮތުން އެކި ސަބަބުތަކާ ހުރެ މަސައްކަތަށް ނުކުމެވެވަޑައިގެންނެވެން ނެތް ބޭފުޅުންނާއި ރަށުން ބޭރުގައި ދިރިއުޅުއްވައި މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވެން ނެތް ބޭފުޅުންނަށް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުގެ ދޮރު ވަނީ ހުޅުވިފައެވެ.
"އެކި ސަބަބުތަކާ ހުރެ އަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވެވެން ނެތް ފަރާތްތަކަށް މި ހަރަކާތުގެ މަގުޞަދުތައް ހާސިލުކުރުމަށް ޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ." އިއްޔެ ސްކޫލުން އާންމު ކުރި ޕޯޓްފޯލިއޯގައި ވެއެވެ.
މި ހަރަކާތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ މައިގަނޑު 3 ކަމަކަށެވެ. އެއީ:
ޕީޓީއޭގެ މި މަސައްކަތު ދުވަހު ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސްކޫލުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.