ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ބ.އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރުކުރާ އަގުތައް ހާމަކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ބ.އަތޮޅުގައި ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ހާމަކޮށްފިއެވެ.

މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑައެޅި މި އަގުތަކަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތްތަކެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ތިރިގައި އެވަނީ ތުޅާދޫން އަތޮޅުގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާނެ އަގުތަކެވެ. މި އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް އަތްފޯރާ އަގުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ތުޅާދޫ އިން ބ. އަތޮޅުގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާނެ އަގުތައް:

ތުޅާދޫ އިން ހިތާދޫއަށް : 50 ރުފިޔާ (އެއްކޮޅު) 90 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ކަމަދޫއަށް: 125 ރުފިޔާ (އެއްކޮޅު) 225 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ކިހާދޫއަށް: 125 ރުފިޔާ (އެއްކޮޅު) 225 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ކުޑަރިކިލަށް: 125 ރުފިޔާ (އެއްކޮޅު) 225 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ކެންދޫއަށް: 100 ރުފިޔާ (އެއްކޮޅު) 180 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން އޭދަފުއްޓަަށް: 70 ރުފިޔާ (އެއްކޮޅު) 130 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން މާޅޮހަށް: 100 ރުފިޔާ (އެއްކޮޅު) 180 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ފުޅަދޫއަށް: 70 ރުފިޔާ (އެއްކޮޅު) 130 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ފެހެންދޫއަށް: 70 ރުފިޔާ (އެއްކޮޅު) 130 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ފުޅަދޫއަށް: 70 ރުފިޔާ (އެއްކޮޅު) 130 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ދަރަވަންދޫއަށް: 100 ރުފިޔާ (އެއްކޮޅު) 180 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ދޮންފަނަށް: 100 ރުފިޔާ (އެއްކޮޅު) 180 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

ތުޅާދޫ އިން ގޮއިދޫއަށް: 70 ރުފިޔާ (އެއްކޮޅު) 130 ރުފިޔާ (ދެކޮޅަށް ނަގާނަމަ)

މި އަގުތައް ކަނޑައެޅުމުން ބ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ. މިއީ އަތޮޅުތަކުގެ ވެސް އަދި ތުޅާދޫގެ ވެސް އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލިބުނު ބާރެއް ކަމަށް ވެސް ބެލެވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments