ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ކައުންސިލުގެ ގުރުއާން މުބާރާތުން މުޅި މުބާރާތުން 1ވަނަ މަލާކް ހޯދައިފި

ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ 13ވަނަ ޤުރުއާން މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި މާފަރިވާގެ، މަލާކް ޢަބްދުﷲ ސާޖިދު ހޯދައިފިއެވެ.

ރޭ ތުޅާދޫ ސްކޫލު ހޯލުގައި ނަތީޖާ ފާޅުކުރި ޖަލްސާގައި މަލާކަށް 1ވަނަ ލިބުމުން ކައުންސިލުންވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ހަވާލުކޮށްދެއްވާފައެވެ. މުޅި މުބާރާތުން 2ވަނަ ބައިވެރިއަކަށް ހޮވުނީ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ސަތަހަ، ޢައުފާ ރަޝީދެވެ. އައުފާއަށް ވެސް ވަނީ 8000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ދީފައެވެ. މުޅި މުބާރާތުން 3ވަނައަށް 2 ބައިވެރިއަކު ހޮވިފައިވެއެވެ. އެއީ ތުޅާދޫ ސްކޫލުން ބައިވެރި އާލިޔާމަންޒިލް، ޢައިނީ އަޙުމަދު އަބްދުއްރަޙީމާއި ތުޅާދޫ ސްކޫލުން ބައިވެރިވި، މީޒާން، ޢައްމާރް ބިން ސަޢުދުﷲ ޚާތިމެވެ. މިއިން ކޮންމެ ބައިވެރިއަކަށް ކައުންސިލުންވަނީ 6000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ދީފައެވެ.

202 ބައިވެރިއަކު ވާދަކުރި މި މުބާރާތުން މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ސަތަހަ، ޢައުފާ ރަޝީދު ހޯދި އިރު މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ހޯދީ ތުޅާދޫ ސްކޫލުން ބައިވެރިވި މާފަރިވާގެ، މަލާކް ޢަބްދުﷲ ސާޖިދެވެ. މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި އާލިޔާމަންޒިލް، ޢައިނީ އަހްމަދު ޢަބްދުއްރަޙީމް  ހޯދި އިރު މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ ހޯދީ ތުޅާދޫ ސްކޫލުން ބައިވެރިވި މީޒާން، ޢައްމާރު ބިން ސަޢުދުﷲ ޚާތިމްއެވެ. މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި އާޝާން، އިލްފް އިސްމާޢީލް ޝަމްވީލް، ހޯދި އިރު މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ ހޯދީ ތުޅާދޫ ސްކޫލުން ބައިވެރިވި ކަނދޮޅުމާގެ، ޒައުލް ބިން ޝާމިން ޙުސައިންއެވެ.

your imageމުޅި މުބާރާތުން 1ވަނަ ހޯދި ތުޅާދޫ ސްކޫލުން ގުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި ކޯޗުންނާއި އެދުރުންނާއި ވެރިން

މުބާރާތުގައި ކީ ސްޓޭޖު 1ން ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި މީޒާން، ޢައްމާރު ބިން ސަޢުދުﷲ ޚާތިމް ހޯދި އިރު ކީ ސްޓޭޖު 2ން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ ހޯދީ ތުޅާދޫ ސްކޫލުން ބައިވެރިވި އާޝާން، އިލްފް އިސްމާޢީލް ޝަމްވީލްއެވެ. ކީ ސްޓޭޖު 2ން ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި، މާފަރިވާގެ، މަލާކް ޢަބްދުﷲ ސާޖިދު  ހޯދި އިރު ކީ ސްޓޭޖު 3ން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ ހޯދީ ތުޅާދޫ ސްކޫލުން ބައިވެރިވި އާލިޔާ މަންޒިލް، ޢައިނީ އަޙުމަދު ޢަބްދުއްރަޙީމްއެވެ. ކީ ސްޓޭޖް4ން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި ހަވޭލި، މޫސާ އަފްލާކް ނާޝިދު ހޯދި އިރު 18 އަހަރުން މަތީގެ ބައިން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ސަތަހަ، ޢައުފާ ރަޝީދުވަނީ ހޯދާފައެވެ.

މުބާރާތުގެ ފައުންޑޭޝަން ސްޓޭޖުން ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ފަލަސް، ކައިސާން އިސްމާޢީލް ޝައްފާން ހޯދި އިރު ކީ ސްޓޭޖު 1ން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ ހޯދީ އަމިއްލަ ގޮތުން ބައިވެރިވި ނޫރާނީވެހި، ފާޠިމަތު އާރާ އަޙުމަދު އުޘްމާންއެވެ. ކީ ސްޓޭޖު 1ން ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި ކަނދޮޅުމާގެ، ޒައުލް ބިން ޝާމިން ޙުސައިން ހޯދި އިރު ކީ ސްޓޭޖު 2ން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ޝަފަޤްހިޔާ، ޝަފޫޤް މުޙައްމަދު ސަމީރުވަނީ ހޯދާފައެވެ. ކީ ސްޓޭޖު 2ން ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި މެލަކޯ، ޢާއިޝަތު ޔޫލީ އިބްރާހީމް ފައްވާޒް ހޯދި އިރު ކީ ސްޓޭޖު 3ން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ އަމިއްލަގޮތުން ބައިވެރިވި ޖާފާނުގެ، ޔޫސުފް ޔުޢާން ވިޝާމް ހޯދިއެވެ. އަދި ކީ ސްޓޭޖު 3ން ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި ފަލަސް، ފާޠިމަތު ނިޝްޔާ ޝުޖާޢު ހޯދި އިރު ކީ ސްޓޭޖް4ން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި މ.ހިންނަވަރު ހުޅަނގުބައި، މަރްޔަމް މަލާކް އަޙްމަދު ވަނީ ހޯދާފައެވެ. ކީ ސްޓޭޖް4 ނިމި 18 އަހަރު ފުރިފައި ނުވާ ބައިވެރީންގެ ތެރެއިން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ އަމިއްލަ ގޮތުން ބައިވެރިވި މީނާޒު، ފާޠިމަތު އައުޝާ ހޯދި އިރު 18 އަހަރުން މަތީގެ ބައިން ފޮތުން ކިޔެވުމުގެ ގޮފިން 2ވަނަ އަމިއްލަ ގޮތުން ބައިވެރިވި ކަންމަތީ އަތިރީގެ،  އަނޫފް ޢަބްދުއްރަޙްމާން ވަނީ ހޯދާފައެވެ.

މުބާރާތުގެ ފައުންޑޭޝަން ސްޓޭޖުން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި އާލިޔާ މަންޒިލް، އަޔާނާ އުސާމަތު ޢަބްދުއްރަޙީމް ހޯދި އިރު ކީ ސްޓޭޖު 1ން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ތޫނިސް، ޝާއިން މުޙައްމަދު ޠަލާލް ވަނީ ހޯދާފައެވެ. ކީ ސްޓޭޖު 1ން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ މައުޙަދުއް ނޫރުލް ޤުރުއާން ކިލާހުން ބައިވެރިވި މަޒާރު، އައިލީން އިސްމާޢީލް ދާއޫދު ހޯދި އިރު ކީ ސްޓޭޖު 2ން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި ކަރަންކާމާގެ، މުޙައްމަދު އާރިކް އަޙުމަދު ޞާލިޙް ހޯދިއެވެ. ކީ ސްޓޭޖު 2ން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ އަމިއްލަގޮތުން ބައިވެރިވި އާފަސް، ދީމް އަޙުމަދު ޢަބްދުﷲ ހޯދި އިރު ކީ ސްޓޭޖު 3ން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި ޝަފަޤުހިޔާ، ޝަފްޤާ މުޙައްމަދު ސަމީރުވަނީ ހޯދާފައެވެ. ކީ ސްޓޭޖު 3ން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ އަމިއްލަގޮތުން ބައިވެރިވި އާފަސް، ދީމް އަޙުމަދު ޢަބްދުﷲ ހޯދި އިރު ކީ ސްޓޭޖް4ން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި މާރިތި، އާން ޢަލީ ވަނީ ހޯދާފައެވެ. އަދި ކީ ސްޓޭޖް4 ނިމި 18 އަހަރު ފުރިފައި ނުވާ ބައިވެރީންގެ ތެރެއިން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ ތުޅާދޫ ސްކޫލުން ބައިވެރިވި މުރަކަ،  އީފާ ޢަބްދުލް މަސީޙް ހޯދި އިރު، 18 އަހަރުން މަތީގެ ބައިން ފޮތުން ކިޔެވުމުގެ ގޮފިން 3ވަނަ އަމިއްލަ ގޮތުން ބައިވެރިވި ހެދޭކުރި، އަޙުމަދު ނަޒީރު ވަނީ ހޯދާފައެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު 12 ބައިވެރިއަކު ވެސް ވަނީ ހޮވާފައެވެ. އެ ބައިވެރިންގެ ނަންތައް ތިރީގައި އެވަނީއެވެ.

ތުޅާދޫ ސްކޫލުން ބައިވެރިވި ފާޠިމަތު ނިޝްޔާ ޝުޖާޢު

ތުޅާދޫ ސްކޫލުން ބައިވެރިވި ޢައްމާރް ބިން ސަޢުދުﷲ ޚާތިމް

އަމިއްލަ ގޮތުން ބައިވެރިވި ފާޠިމަތު ޢައުޝާ

ތުޅާދޫ ސްކޫލުން ބައިވެރިވި މޫސާ އަފްލާކް ނާޝިދު

ތުޅާދޫ ސްކޫލުން ބައިވެރިވި މަލާކް ޢަބްދުﷲ ސާޖިދު

ތުޅާދޫ ސްކޫލުން ބައިވެރިވި އިލްފް އިސްމާޢީލް ޝަމްވީލް

ރަވްޟަތުލް އަތްފާލި ޤުރުއާން ކިލާހުން ބައިވެރިވި ޢައުފާ ރަޝީދު

ތުޅާދޫ ސްކޫލުން ބައިވެރިވި ޒައުލް ބިން ޝާމިން ޙުސައިން

ތުޅާދޫ ސްކޫލުން ބައިވެރިވި ޢައިނީ އަހްމަދު ޢަބްދުއްރަޙީމް

އަމިއްލަ ގޮތުން ބައިވެރިވި އަނޫފް ޢަބްދުއްރަޙްމާން

ތުޅާދޫ ސްކޫލުން ބައިވެރިވި އީފާ ޢަބްދުލް މަސީޙް

އަމިއްލަގޮތުން ބައިވެރިވި ޔޫސުފް ޔުޢާން ވިޝާމް

މުބާރާތުގައި ވާދަކުރިން ތަންތަނުން އެންމެ މޮޅު ތަނަކަށް ހޮވުނީ ތުޅާދޫ ސްކޫލެވެ.

ތުޅާދޫ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމަށާއި ގުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމާށާއި އަތޮޅު ފެންވަރާ ގައުމީ ފެންވަރުގައި ވާދަކުރެވޭނެ ދަރިވަރުން އުފެއްދުމުގެ މަގުޞަދުގައި ތުޅާދޫ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި މި އަހަރު ފަނޑިޔާރުކަން ކޮށްދެއްވީ އަލްގާރީ އިބްރާހީމް ޝިފާއުއާއި އަލްގާރީ މުޙައްމަދު ތައުފީގް އަލީއާއި އަލްގާރީ އަލީ ޝިޔާޒްއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments