ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫގައި އަމިއްލަ ފަރާތަކުން ދަތުރުވެރީންގެ ހިޔަލެއް އަޅަނީ

ބ.ތުޅާދޫ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ތުޅާދޫ، އާޒާދު، އަބޫބަކުރު ހުސައިން އިސްނަންގަވައިގެން ދަތުރުވެރީންގެ ހިޔަލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ އަބޫބަކުރު އިސްނަންގަވައިގެން ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކާ އެކު މި އަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހު ކައުންސިލުން ބޭއްވި  4ވަނަ ދައުރުގެ 240ވަނަ އާންމުން ޖަލްސާގައި 7 މެންބަރުންގެ އިއްތިފާގުން ފާސްކޮށް ނިންމެވުމަށް ފަހު ދެއްވި ހުއްދައިގެ ދަށުން އަބޫބަކުރު އަޅުއްވާ ހިޔަލެކެވެ.

އަބޫބަކުރު ބުނުއްވީ މިފަދަ ހިޔަލެއް އަޅަން ނިންމީ ތުޅާދޫގައި އެފަދަ ހިޔަލެއް އަޅާފައި ނެތުމާއި އެ ދަތިކަން ރަށަށް ލަފާފުރާ މީހުންނަށް ދިމާވެފައިވާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށެވެ.

"ބޭނުންވީ ކޮންމެވެސް ކަމެއް ރަށަށް ކޮށްދެން. ކޮންމެ ވެސް މީހަކު އިސްނަގައިގެންތާ މި ދަތިކަމަށް ވެސް ހައްލެއް ހޯދޭނީ. އެހެންވެ ކައުންސިލަށް ހުށަހަޅައިގެން މި ހުއްދަ ލިބުނީ. ހުއްދަ ލިބުމާއެކު މަސައްކަތް މި ފެށީ" އަބޫބަކުރު ބުނުއްވިއެވެ.

އަބޫބަކުރު ބުނުއްވީ ކައުންސިލުން ދީފައިވަނީ 28 ފޫޓް ދިގު، 14 ފޫޓް ފުޅާ ބިންކޮޅެއް ކަމަށާއި އެ ތަނުގައި ދެ ފާޚާނާއާއި ދަތުރުވެރީންނަށް ތިބެވޭނެ ހުސްޖާގައެއް ތައްޔާރު ކުރެވޭނެކަމަށެވެ.

"މި ބަލަނީ ވީހާ ވެސް އަވަހަކަށް ނިންމާލެވޭތޯ. މިހާރު މި މަސައްކަތް މި ފެށީ. އިރާދަކުރެއްވިއްޔާ ސިމެންތި މަސައްކަތް ފިސާރި އަވަހަށް ނިންމާލާނަން. ހިޔާކުރުމާއި ދޮރުތަކުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ" ބަކުރު ބުނުއްވިއެވެ.

ބަކުރު ބުނުއްވީ މިތަނާއެކު 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ޝަހީދުވި ތުޅާދޫގެ ބަޠަލު މަބުސްތާނުގޭ، ކޯޕްރަލް ޝަހީދު ހުސައިން މުޙައްމަދުގެ ހަނދާންތައް އާކުރެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ވެސް ކުރެވޭ ކަމަށާއި އެ ވިސްނުން ވެސް ގެންގުޅޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ހިޔަލާއެކު ޝަހީދު ޙުސައިން މުޙައްމަދުގެ ޒިކްރާ އާކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ ވެސް އެބަ ބަލަން. އެކަން ވެސް އިރާދަކުރެއްވިއްޔާ ކުރާނަން" އަބޫބަކުރު ބުނުއްވިއެވެ. 

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments