ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ކައުންސިލްގެ 13ވަނަ ޤުރުއާން މުބާރާތުގެ އިނާމު ކަނޑައަޅައިފި

ބ. ތުޅާދޫ ކައުންސިލުން ބޭއްވި 13 ވަނަ ޤުރުއާން މުބާރާތުގެ އެންމެ ރަނގަޅު ތިން ދަރިވަރަކަށް ކައުންސިލުން ދޭނެ އިނާމުތައް ކަނޑައަޅައިފިއެވެ.

މި ފަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭނެ އިނާމުތައް ކައުންސިލުން ކަނޑައަޅާފައިވަނީ، މުބާރާތުގެ ކިޔެވުންތައް ނިމި، އިންސާފުކުރުމުގެ މަސައްކަތް ވެސް ނިމުމަށް ފަހު، މި މަހުގެ 13ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ބައްދަލުވުމެއްގައެވެ.

ތުޅާދޫ ކައުންސިލް އިދާރާއިން ލިބުނު މައުލޫމާތުތަކަށް ބަލާ އިރު، މި ޤުރުއާން މުބާރާތުން މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށް ކައުންސިލުން ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް 12،000 ރުފިޔާ، 2 ވަނަ ހޯދާ ފަރާތަށް 8،000 ރުފިޔާ އަދި 3 ވަނަ ހޯދާ ފަރާތަށް 6،000 ރުފިޔާ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މުބާރާތަށް އިނާމުު ހުށަހެޅުމުގެ ފުރުޞަތު ކައުންސިލުން ހުޅުވާލާފައި ވެސް ވެއެވެ. 

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިޖުލައި މަހުގެ 10 ން 12 އަށް ތުޅާދޫ ސްކޫލްގެ ހޯލުގައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments