ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ބ.އަތޮޅުގައި ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް) ފެރީގެ ޚިދުމަތް ބ.އަތޮޅުގެ ރަށްރަށަށް ފެށުމާ ގުޅޭގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ބ.ތުޅާދޫގެ މުއައްސަސާތަކާ އެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވީ ހޯމަ ދުވަހުއެވެ.

ތުޅާދޫ ކައުންސިލް އިދާރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތަކާއި، ޚިދުމަތް ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ. 

މި ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީން ވަނީ، ބ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދެއްވާފައެވެ. މި ޚިދުމަތް ފެށުމުން ބ. އަތޮޅުގެ ރަށްރަށުގެ ދަތުރުފަތުރަށް ގިނަ ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ބައްދަލުވުމުގައި ތުޅާދޫގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ބައިވެރިންވަނީ، ޚިދުމަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތަކާއި، ރައްޔިތުންނަށް ދެވޭނެ ޚިދުމަތްތައް ހަރުދަނާކުރުމާ ބެހޭގޮތުން އެމް.ޓީ.ސީ.ސީއާއެކު މަޝްވަރާކޮށް، މުހިންމު ހުށަހެޅުންތައް ހުށަހަޅާފައެވެ. 

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments