ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތް ފަށައިފި

ތުޅާދޫ ކައުންސިލުން ބާއްވާ 13ވަނަ ގުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.

ތުޅާދޫ ކައުންސިލްގެ ގުރުއާން މުބާރާތް ފެށުމުގެ ގޮތުން އެ މުބާރާތް ހުޅުވައިދެއްވީ ޝަރަފުވެރި މެހުމާން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި މުބާރާތް ހުޅުވުމުގެ ގޮތުން ހަންނާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަންނާނުގެ ވާހަކަފުޅުގައި ގުރުއާން ކިޔެވުމުގެ މުހިންމުކަމާއި ދީނީ ކަންކަމަށް ލޯބިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައިވާ ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

ތުޅާދޫ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމަށާއި ގުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމާށާއި އަތޮޅު ފެންވަރާ ގައުމީ ފެންވަރުގައި ވާދަކުރެވޭނެ ދަރިވަރުން އުފެއްދުމުގެ މަގުޞަދުގައި ތުޅާދޫ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި މި އަހަރު 202 ބައިވެރިއަކު ކިޔަވައެވެ. މި މުބާރާތުގައި ތުޅާދޫ ސްކޫލާއި ތުޅާދޫ ގުރުއާން ކުލާސްތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.  

މި އަހަރުގެ މުބާރާތުގައި ވެސް ފަނޑިޔާރުކަން ކޮށްދެއްވަނީ ފަނޑިޔާރުކަން ކޮށްދެއްވުމުގެ ތަޖުރިބާކާރު ޓީމަކުންނެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އަލްގާރީ އިބްރާހީމް ޝިފާއުއާއި އަލްގާރީ މުޙައްމަދު ތައުފީގް އަލީއާއި އަލްގާރީ އަލީ ޝިޔާޒްއެވެ.

މުބާރާތް ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަނޑިޔާރު އަލްގާރީ މުޙައްމަދު ތައުފީގު އަލީ ވިދާޅުވީ ކިޔެވުމަކީ އަޑު ބޭނުންކޮށްގެން ކުރާ ކަމަކަށް ވާތީ އަޑު ފުރިހަމައަށް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ކިޔެވުން މާ އަވަސް ނުކުރުމަށާއި ދެލިގަނޑަށް ފަރިތަވެލުމާއި ތަޖުވީދުގެ ބައި ފުރިހަމަކުރުމާއި އަޑާއި ރާގު ފުރިހަމައަށް ބޭނުންކުރާން ހަނދާން ކޮށްދެއްވިއެވެ.

ވަރަށް ގިނަ ފަރާތްތަކުން ސްޕޮންސަރ ހުށަހަޅާފައިވާ މި މުބާރާތުގެ ކިޔެވުން ތިން ދުވަހަށް ދެމިގެންދާނެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments