ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ޓާގެޓް ކޮމިއުނިޓީގެ ފުޓްސަލް ޓޯނަމެންޓް 2025ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޒުވާން ކުޅުންތެރިންގެ މެދުގައި ފުޓްސަލް ކުޅުމުގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ މަޤްސަދުގައި، ޓާގެޓް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ބާއްވާ "ޓާގެޓް އަންޑަރ 15 ފުޓްސަލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ ކުދިންގެ މެދުގައި ވާދަވެރި ރޫޙެއްގެ ތެރެއިން ކުޅިވަރަށް ޝައުގު އުފައްދާ، ކުދިންގެ ކިބައިގައި މި ކުޅިވަރުގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން އިތުރު ކުރުމެވެ. މިއީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ތަރައްޤީއަށް ބާރުދޭނެ ކުޅިވަރު މާހައުލެއް ބިނާކުރުމަށް ޓާގެޓް ކޮމިއުނިޓީން ކުރާ މަސައްކަތެކެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 8 އަހަރާއި 12 އަހަރުގެ ކުދިންނަށް ޚާއްސަ ބަޔަކާއި 13 އަހަރާއި 15 އަހަރުގެ ކުދިންނަށް ޚާއްސަ ބައެކެވެ. މިގޮތަށް އުމުރުފުރާތައް ބަހާލުމުން ކޮންމެ އުމުރުފުރާއެއްގެ ކުޅުންތެރިންނަށް ވެސް އެކަށީގެންވާ ވާދަވެރި މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތް ކުރިއަށް ދާނީ ތުޅާދޫގައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހުއެވެ

މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 9858558 ނުވަތަ 9905017 އާ ގުޅުއްވުމުން ލިބޭނެ ކަމަށް ޓާގެޓް ކޮމިއުނިޓީން ވަނީ ހާމަކޮށްފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments