ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަދަ އަށަކަށް ފިނާ ދަތުރުކޮށްފި

މޮޅު ރޭޑިއޯ ޕްރެޒެންޓަރުން ބިނާކުރުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަދަ 8ގެ ބައިވެރިންގެ ތެރޭގައި ބ.ތުޅާދޫ ވައިޖެހޭގޭ އައިޝަތު ފިނާ ފިރާޤް ހޮވިއްޖެއެވެ.

16 ބައިވެރިންނާ އެކު ފެށި މުބާރާތުގައި ގަދަ 8 ރޭގައި ހޮވާ މިއަދުވަނީ ގަދަ 8 ގެ މިހަފްތާގެ ހުށަހެޅުން ކަމުގައިވާ ރޭޑިއޯ ފޯމެޓް "ލޮކޭޝަން އިންޓަރވިއު" ބައިވެރިން ހުށަހަޅާފައެވެ.

މިހާ ހިސާބަށް ފިނާ ދަތުރުކުރި އިރު މި މުބާރާތުގެ ތާރީޚުގައި ވެސް ފޭން ފޭވަރިޓް އެވޯޑް ޖެހިޖެހިގެން 3 ފަހަރު އުފުލައިލި ހަމައެކަނި ބައިވެރިއަކީ ވެސް ފިނާއެވެ. އަދި މި މުބާރާތުގައި މި ވަގުތު ހުރި ބ. އަތޮޅަށް ނިސްބަތްވާ ހަމައެކަނި ބައިވެރިއަކީ ވެސް ފިނާއެވެ.

ފިނާއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ޕީއެސްއެމް އެއަރ މެދުވެރިކޮށް މި މަހުގެ 23ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވޯޓުކޮށް ދިނުމަށް ފިނާ އެދެއެވެ.

ތުޅާދޫ ޓައިމްސް އަދި ތުޅާދޫގެ ކުދިބޮޑު އެންމެންގެ ވެސް އެދުމަކީ ފިނާ މި މުބާރާތް ކާމިޔާބުކުރުމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments