ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫގެ މަގުތަކާއި އާންމު ތަންތަނުގައި ހުންނަ ތަކެތި ނެގުމުގެ އުސޫލު އާއްމުކޮށްފި

ބ. ތުޅާދޫގައި އާންމު ތަންތަނަށާއި، މަގުމައްޗަށާއި، ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ ތަކެއްޗާއި، އާންމުންނަށް އުނދަގޫވާ ގޮތަށް ހަދާފައި ހުރި ތަންތަނާއި، ބަހައްޓާފައި ހުރި ތަކެއްޗާއި، އިންދާފައި ހުރި ރުއްގަހާއި މިނޫން ވެސް އާންމު އުނދަގޫވާ ގޮތަށް ހުންނަ ތަކެތި ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ތުޅާދޫ ކައުންސިލުން އާންމުކޮށްފިއެވެ.

 މި އުސޫލުގެ މައިގަނޑު މަގުސަދަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، އާންމުންނަށް ދިމާވާ ދަތިތައް ނައްތާލުމެވެ.

މި އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، މަގުމަތީގައި ތަކެތި ބެހެއްޓުމަކީ ކޮބައިކަމާއި، މަގުމަތީގައި ޖޯލިފަތި ބެހެއްޓޭނެ ގޮތް ހިމެނެއެވެ. މީގެ އިތުރުން، އެއްޗެހި ހިއްކަން އަޅުވާ ހަރު ބަހައްޓާނެ ގޮތާއި، މަގުމަތީގައި ގަސްއިންދުމުގައި އަމަލުކުރާނެ ގޮތް ވެސް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އުސޫލުގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި އެއްގަމު އުޅަނދު ޕާކްކުރުމުގެ އުސޫލާއި، އާއްމު އިޖުތިމާޢީ ސަރަހައްދުތަކުގައި ތަކެތި ބެހެއްޓޭނެ ގޮތުގެ އިރުޝާދުތައް ހިމެނެއެވެ. އަދި، އިޖުތިމާޢީ ގޮތުން ބޭނުންކުރުމަށް ހަދާފައި ހުންނަ ހިޔާ، ހަޓު، ހޮޅުއަށި ފަދަ ތަންތަން ހެދުމުގެ ގަވާއިދުތަކާއި، ބެނާދެމުމުގެ އުސޫލު ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކަނޑު އުޅަނދުފަހަރު އެހެލައި ބޭއްވުމުގެ އުސޫލާއި، ބަލަށް އެހެލާފައިވާ އުޅަނދުފަހަރާ މެދު އަމަލުކުރާނެ ގޮތުގެ މައްޗަށް ވެސް މި އުސޫލުގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، މި އުސޫލު އާންމުކުރުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް މި އުސޫލު ހިނގާނެ ގޮތް ވެސް އުސޫލުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ތުޅާދޫ ކައުންސިލުން އާއްމުކުރި މި އުސޫލުގައި، އުސޫލާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ. މި އުސޫލުގެ ސަބަބުން ރަށުގެ އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އެހީތެރިވެ، ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އުސޫލު އިތުރަށް ބަލާލަން ބޭނުންނަމަ ތިރީގައިވާ ލިންކަށް ފިއްތަވާލައްވާ!

https://www.gazette.gov.mv/iulaan/345613

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments