ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫގެ 100 ހައުސިންގ ޔުނިޓުގެ އިވެލުއޭޝަން ކޮމިޓީއަށް ޢާންމު މެންބަރަކު ހޯދަނީ

ބ.ތުޅާދޫގައި އިމާރާތްކޮށް ނިންމާފައިވާ 100 ހައުސިންގ ޔުނިޓުގެ އިވެލުއޭޝަން ކޮމިޓީއަށް ޢާންމު މެންބަރަކު ހޯދުމަށް ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

މި ޖޫން މަހުގެ 18ވަނަ ދުވަހު އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ތުޅާދޫ މެޖިސްޓްރޭޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާތީ، އަލުން އިވެލުއޭޓު ކުރުމަށް ޓަކައެވެ.

100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ކަންކަން ކުރާނެ ގައިޑްލައިންގެ 4.1 ވަނަ މާއްދާގައިވާ ގޮތުން އިވެލުއޭޝަން ކޮމިޓީގައި ޢާންމު މެންބަރަކު ހިމެނެން ޖެހެއެވެ. ނަމަވެސް، ކުރިން މި ކޮމިޓީގައި ޢާންމުންގެ ފަރާތުން ހުރި މެންބަރު ވަނީ އިސްތިއުފާ ދެއްވާފައި ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ

މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވެއެވެ. 

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments