ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ކައުންސިލްގެ ވެބްސައިޓް ޑައުންވެފައި ހުންނަތާ އަހަރެއް

ބ.ތުޅާދޫ ކައުންސިލްގެ ވެބްސައިޓް ޑައުންވެފައި ހުންނަތާ އަހަރެއް ވަރު ވެއްޖެއެވެ.

ކައުންސިލް ވެބްސައިޓު މެދުވެރިކޮށް ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ނުލިބުމުގެ ޝަކުވާ ބައެއް ރައްޔިތުން ކުރަމުން އަންނަ އިރު އެކަން ހައްލުކުރުމުގެ މަސައްކަތް ކައުންސިލުން ވެސް ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

ކައުންސިލްގެ ރައީސް އިބްރާހީމް ޢާދިލް ވިދާޅުވީ ވެބްސައިޓްގެ ޚިދުމަތް ހުއްޓުމުގައި ތުޅާދޫ ކައުންސިލްގެ އެއްވެސް އިހުމާލެއް ނެތްކަމަށާއި އެ  މައްސަލަ ދިމާވެފައި ވަނީ ވެބްސައިޓް ހަދަން ހަވާލުކުރި ފަރާތުން އެކަން ކައުންސިލުން ހަވާލުކޮށްފައިވާ ގޮތަށް ނިންމާލެވިފައި ނުވާތީ ކަމަށެވެ. 

"އުންމީދު މި ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަން ޙައްލުކުރެވޭނެ ކަމަށް. ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް އެކަން ހައްލުވާނެކަމުގެ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

ތުޅާދޫ ޓައިމްސްއަށް އެނގިފައިވާ ގޮތުގައި ކައުންސިލްގެ ވެބްސައިޓް ފަރުމާކުރުމުގެ ކަންކަން އެކަން ކުރަން ހަވާލުކުރި ފަރާތުން ވަނީ ނިންމާފައެވެ. ނަމަވެސް އެއާއެކު ހަދަން ޖެހޭ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ނިންމާފައެއް ނުވެއެވެ. ވެބްސައިޓްގެ ޚިދުމަތް ލަސްވަނީ އެ ސަބަބާ ހެދިއެވެ. 

ކައުންސިލެއްގެ ވެބްސައިޓަކީ މަޢުލޫމާތުގެ ވަރަށް މުހިންމު މަންސައަކަށް ވާއިރު ވެބްސައިޓް ޑައުންވެފައި ހުރުމުގެ ސަބަބުން، ކައުންސިލުން ދޫކުރާ އެކިއެކި ފޯމުތަކާއި ބައެއް މަޢުލޫމާތު ރައްޔިތުންނަށް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ލޯކަލް ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް ހަދާއިރު ވެސް އެ ކައުންސިލެއްގެ ވެބްސައިޓަކީ ވަރަށް މުހިންމު މަންސައެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
5 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments