
މި ޖޫން މަހުގެ 10ވަނަ ދުވަހު ގެޒެޓްކޮށްފައިވާ އިޢުލާންގައިވަނީ މި އަހަރުގެ ޖުލައި މަހުގެ 03 ން 05 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތުޅާދޫ ކައުންސިލްގެ ޤުރްއާން މުބާރާތަށް އިންސާފުކޮށްދޭނެ 03 ފަނޑިޔާރުން ހިމެނޭ ޕެނެލްއެއް ހޯދަން ބޭނުންވާކަމަށެވެ.
މި އިޢުލާންގައި ވާ ގޮތުން މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިނުމަށް، ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހަޅަން ޖެހެއެވެ. މިގޮތުން ކޯޓޭޝަން ހުށަހަޅާ އިރު 03 ފަނޑިޔާރުން ހިމެނޭ ގޮތަށް ކޯޓޭޝަން ހުށަހެޅުމަށް ވެސް އެ އިޢުލާންގައި ވެއެވެ. އަދި ހުށަހަޅާ ކޯޓޭޝަނާ އެކު ފަނޑިޔާރުންގެ ޕްރޮފައިލްއެއް ހުށަހެޅުމަށާއި މުބާރާތުގައި އިންސާފުކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަކީ، ޤުރްއާން މުދައްރިސްކަމުގެ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެކަމަށް ވެސް އެ އިޢުލާންގައި ވެއެވެ.
އީ. މެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ކައުންސިލް އިދާރާގެ [email protected] އަށް މެއިލް ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. ގެޒެޓްގައި ކޮށްފައިވާ އިޢުލާނާއެކު އަގުބަލާ ފޯމް އެއްޙީރަސް ކޮށްފައިވެއެވެ.
ތުޅާދޫ ކައުންސިލުން މި އަހަރު މި ބާއްވާ ގުރުއާން މުބާރާތަކީ އެ ކައުންސިލުން ބާއްވާ 13 ވަނަ މުބާރާތެވެ.