ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ސްކޫލްގެ ކޮންމެ ދަރިވަރަކަށް ޑަބްލިޔުޑީސީގެ ފެންފުޅިއެއް

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން ތުޅާދޫ ސްކޫލްގެ ކޮންމެ ދަރިވަރަކަށް ފެންފުޅި ހަދިޔާކޮށްފިއެވެ.

"ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ޕްރޮގްރާމް" ގެ ދަށުން ހިންގުނު މި ހަރަކާތުގައި ރަމްޒީކޮށް ފެންފުޅިތައް ހަވާލުކޮށްފައިވަނީ އަންހެނުންގެ ކޮމިޓީގެ ރައީސާ ދޫމާ އަބްދުލްކަރީމާއި އެ ކޮމިޓީގެ މެންބަރުންނެވެ. ސްކޫލްގެ ފަރާތުން ފެންފުޅިތަކާ ހަވާލުވެ ވަޑައިގަތީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދެވެ.

"މި ހަރަކާތުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ހިތްވަރުދިނުން." ޑަބްލިޔު ޑީ ސީގެ ރައީސާ ދޫމާ އަބްދުލްކަރީމް ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވިދާޅުވީ މި ހަރަކާތަކީ ތިމާވެށްޓާ މެދު މުޖުތަމަޢު ވިސްނާކަން ހާމަވާ މުހިންމު ހަރަކާތެއްކަމަށެވެ. 

"މިއީ ތިމާވެށި ރައްކާކުރުމަށް ސްކޫލުން ކުރަމުންދާ މަސައްކަތުގައި އިތުރު ހިތްވަރެއް.އަދި ތިމާވެށި ހިމާޔަތްކުރުމަށް ދަރިވަރުންނަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެއް ކަމެއް. އަދި މުޖުތަމަޢުން މިފަދަ ކަންކަމުގައި ބައިވެރިވުމަކީ މުސްތަގުބަލަށް ދެއްކޭ ނަމޫނާއެއް" ޕްރިންސިޕަލް ވިދާޅުވިއެވެ. 

މީގެ އިތުރުން ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ތުޅާދޫގައި ހިންގާ ތުއްތުކުދިންގެ ޕްރީސްކޫލުތަކަށް ވެސް ފެންފުޅި ހަދިޔާކޮށްފައެވެ. 

your imageޑަބްލިއުޑީސީގެ މެންބަރު ޕްރީސްކޫލުތަކުގެ މުވައްޒަފުންނަށް ފެންފުޅި ހަދިޔާކުރަނީ

މި ހަރަކާތުގެ ސަބަބުން ތުޅާދޫ ސްކޫލްގެ ދަރިވަރުން ޕްލާސްޓިކް ފުޅިތަކުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ފެންފުޅިތައް ބޭނުންކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ދުނިޔޭގެ ތިމާވެށި ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5ވަނަ ދުވަހެވެ. 


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
5 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments