ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ސްކޫލުގެ ކެޕްޓަނުކަން ޔައީޝް ޔޫސުފް މުފީދަށް

ތުޅާދޫ ސްކޫލުގެ 2025ވަނަ އަހަރުގެ ސްކޫލު ކެޕްޓަނަކަށް ގުރޭޑް11ގައި ކިޔަވަމުން އަންނަ ޔައީޝް ޔޫސުފް މުފީދު ހޮވިއްޖެއެވެ.

ޔައީޝްއަށް ކެޕްޓަންކަމުގެ މަގާމުގެ ލިޔުމާއި ސްކޫލުގެ އިސް މަގާމުތަކަށް ދަރިވަރުން އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ތުޅާދޫ ސްކޫލުގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސްކޫލުގެ އިސް މަގާމުތަކާއި ޔުނިފޯމު ހަރަކާތްތަކާއި  ކުލަބުތަކުގެ މަގާމުތަކާއި ހައުސްތަކުގެ މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފައެވެ.

މި އަހަރު ތުޅާދޫ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ ގުރޭޑް10ބީ ގައި ކިޔަވަމުން އަންނަ ރަޔާން އިބްރާހީމެވެ. އެކްޓިވިޓީ ކެޕްޓަނަކަށް ގުރޭޑް10 އޭގެ ދަރިވަރު ފާޠިމަތު ޠޫބާ ޢަބްދުﷲ ޝާހިދު ހޮވުނު އިރު ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަނަކަށް ހޮވުނީ 10އޭގެ ދަރިވަރު މަރްޔަމް ޛުރާ ޒާހިދުއެވެ.

ޔުނިފޯމް ހަރަކާތްތަކުން ކެޑޭޓް ލީޑަރަކަށް 10އޭގެ ދަރިވަރު އަލީ އާރިން އަޠީފް ހޮވުނު އިރު ސްކައުޓް ލީޑަރަކަށް ހޮވުނީ 10އޭގެ ދަރިވަރު ޚަލަފް އިބްރާހީމް ރަޝީދެވެ. ގާރލްގައިޑްގެ ލީޑަރަކަށް ހޮވުނީ 10އޭގެ ދަރިވަރު ފާޠިމަތު އާނާ ޢަޡީމްއެވެ. 

your imageބައެއް ދަރިވަރުން ޒިންމާއާ ހަވާލުވުމުގެ ލިޔުމުގައި ސޮއިކުރަނީ

ސްކޫލުގައި ހިންގާ ތަފާތު ކުލަބުތަކުން ދިވެހި ކުލަބުގެ ރައީސަކަށް ގުރޭޑް11ގެ ދަރިވަރު އިފާ ޢަބްދުﷲ މަސީހް ހޮވުނު އިރު، އިނގިރޭސި ކުލަބުގެ ރައީސަކަށް ހޮވުނީ 10އޭގެ ދަރިވަރު ފާޠިމަތު އީލާފް މުޙައްމަދެވެ. ހެލްތު ކުލަބުގެ ރައީސަކަށް 10ބީގެ ދަރިވަރު މުޙައްމަދު އިލާން އަޙުމަދު ޝިފާޢު ހޮވުނު އިރު ތިމާވެށި ކުލަބުގެ ރައީސަކަށް ހޮވުނީ 10އޭގެ ދަރިވަރު އައިޝަތު ނީމް ޢަބްދުﷲ އެވެ. ފަންނާއި މީޑިއާ ކުލަބުގެ ރައީސަކަށް ގުރޭޑް10ބީގެ ދަރިވަރު އައިޝަތު ފަލްކް ފާއިގު ހޮވުނު އިރު ކުޅިވަރު ކުލަބުގެ ރައީސަކަށް ހޮވުނީ 10ބީގެ މާޒް މުޙައްމަދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްކޫލުގެ ހައުސްތަކުގެ މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްފައިވެއެވެ. މޫސަވީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ 10ބީގެ ދަރިވަރު ޝާބިލް މުޙައްމަދު ޠަލާލެވެ. ޔޫސުފީ ހައުސްގެ ކެޕްޓަނަކަށް 10އޭގެ ޢާއިޝަތު މަލްހާ އަޙްމަދު ރަޝީދު ހޮވުނު އިރު ޢުޘްމާނީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ ގްރޭޑް 11އޭގެ ދަރިވަރު ނާޙީ މުޙައްމަދު ޝިޔާމްއެވެ. އިސްމާޢިލީ ހައުސްގެ ކެޕްޓަނަކަށް ހޮވުނީ ގްރޭޑް10ބީގެ ދަރިވަރު އާލާ އަޙްމަދު ޝާހިދެވެ.

ތުޅާދޫ ސްކޫލަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސްކޫލުތަކުގެ ތެރެއިން ސްކޫލެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
7 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments