ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
ފިނާ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ހަފުތާގެ މަގުބޫލު ޕެރެޒެންޓަރަކަށް ފިނާ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި މި ދިޔަ ހަފުތާގެ މަގުބޫލު ޕެރެޒެންޓަރަކަށް ބ. ތުޅާދޫއަށް ނިސްބަތްވާ އައިޝަތު ފިނާ ފިރާގު ހޮވިއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބާއްވާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގައި ފިނާވަނީ މިދިޔަ ހަފުތާގެ މަގުބޫލު ޕްރެންޓަރ އެވޯޑް ހޯދުމުގެ އިތުރުން ގަދަ 12އިން ޖާގަ ވެސް ކަށަވަރުކޮށްފައެވެ.

ބެސްޓް ރޭޑިއޯ ޕްރެންޓަރ މުބާރާތުން ގަދަ 12ށް ފިނާ ދަތުރުކުރީ މި ދިޔަ ހަފުތާގައި ގަދަ 14ށް ހޮވުނު ބައިވެރީންގެ މަސައްކަތްތަކާއި ހުށަހެޅުންތަކަށް ބަލައި ރޭ ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީ މޯލްޑިވްސްއިން ދުރަށް ދެއްކި "ބެސްޓްރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" ޕްރޮގުރާމުގައި ބައިވެރީން މަދުކުރުމުގެ ޝޯވްގައި ފިނާ ސަލާމަތް ވެގެންނެވެ.

ފިނާ ބުނީ މި ދަތުރަކީ ފިނާގެ އަތަށާއި ހިތަށާ ދެކޮޅަށް ފަށައިގެން އުޅޭ ދަތުރެއްކަމަށެވެ.

" ހަމަ އެއްވެސް ވަރަކަށް މި ދަތުރުގައި ފިނާގެ އަތާއި ހިތުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ. އެކަމަކު އެނގޭތަ ފިނާއަށް އެއްބާރުން ލިބޭ ފަރާތެއް. އެއީ ތިޔަ އެހުންތެރީން. އެހެންވީމާ ފިނާ އުންމީދުކުރަން މި ދަތުރު ނިމެންދެން އަދިވެސް ފިނާ އަތުގައި ހިފައިގެން ކުރިއަށް ދާނެކަމަށް" ކާމިޔާބީ ފާހަގަކުރަމުން ފިނާ ބުންޏެވެ.

ފިނާ ވަނީ ތުޅާދޫ ރައްޔިތުންނަށާއި ކެނދިކުޅުދޫ ރައްޔިތުންނަށާއި ހުވަދުއަތޮޅުން އެހީވި ހުރިހާ އެހީތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ފިނާގެ އިތުރުން އާމިނަތު ސަހާ ވެސް ވަނީ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ވާދަކޮށް ގަދަ 14 އަށް ދަތުރު ކޮށްފައެވެ. ސަހާ މުބާރާތާ އަލްވަދާޢުކީ ރޭގެ ޝޯވްގައެވެ. ސަހާގެ ހިތްވަރާއި ހުނަރުވެރިކަމަށް ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.

މި މުބާރާތުގައި ވޯޓުލެވެނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން އެޅުވުމަށްފަހު އެ އެޕްލިކޭޝަން މެދުވެރިކޮށެވެ. ދިވެހިރާއްޖޭގެ އަޑުން ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމަށް ޓަކައި ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތް މިހާރު ބާއްވަމުން އަންނަތާ މިއީ 6ވަނަ އަހަރެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
5 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments