ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް މުޙައްމަދު ޝަފީޢު ހޮވޮވަޑައިގެންފި

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ތުޅާދޫއަށް ނިސްބަތްވާ މުޙައްމަދު ޝަފީޢު ހޮވިއްޖެއެވެ. މި މަޤާމަށް އޭނާ ހޮވުނީ އިއްޔެ ބޭއްވުނު އޮންލައިން އިންތިޚާބަކުންނެވެ.

ބާ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1،078 ޤާނޫނީ ވަކީލުންނެވެ. އޭގެ ތެރެއިން 309 ވަކީލުން ވޯޓު ދެއްވާފައިވާއިރު، މުޙައްމަދު ޝަފީޢަށް 270 ވޯޓް ލިބިވަޑައިގަތެވެ. 

މި އިންތިޚާބު ބޭއްވުނީ ބާ ކައުންސިލްގެ ހިނގަމުންދާ ކޮމިޓީގެ ނައިބު ރައީސާއި، ހަތަރު މެންބަރުންގެ ދައުރު ނިމުމަކަށް އައުމާ ގުޅިގެންނެވެ. މިގޮތުން ދައުރު ހަމަވި މެންބަރުންގެ ތެރޭގައި ހިމެނެނީ ނައިބު ރައީސް މިޒްނާ އަޙްމަދާއި، މެންބަރުންގެ ގޮތުގައި ތިއްބެވި އަޙްމަދު މުޢިއްޒު، ދީނާ ޙުސައިން، އިބްރާހީމް ޝަމީލް އަދި ސާދިޙް ނަސީރެވެ.

އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ހަތް މެންބަރުންގެ މައްޗަށެވެ. މިހާރު ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ، އެ ކޮމިޓީގެ ރައީސް ޙުސައިން ސިރާޖާއި، ތިން މެންބަރުން ކަމަށްވާ ޢާއިޝަތު ޝީނާ މުޙައްމަދު، އަޙްމަދު ޝިފާޢު އަދި ޢަބްދުއްސަލާމް ޢާރިފެވެ.

މި އިންތިޚާބުގައި ވޯޓުގެ އަޣުލަބިއްޔަތުން ހޮވުނު އަނެއް ބޭފުޅަކީ އަޒުމީއެވެ. އަޒުމީއާއި ޝަފީޢު ވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުވެވަޑައިގެންފައެވެ. 

އަލްއުސްތާޛް މުޙައްމަދު ޝަފީޢު މި މަޤާމަށް ހޮވުމާ ގުޅިގެން ތުޅާދޫ ރައްޔިތުންގެ ފަރާތުންނާއި ތުޅާދޫ ޓައިމްސްގެ ޓީމުގެ ފަރާތުން ޝުކުރާއި މުބާރަކްބާދީ ދަންނަވަމެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments