
މި މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ ނަތީޖާ ފާޅުކުރި ގުރުއާން މުބާރާތުގައި މުޅި މުބާރާތުން ފާޠިމަތު ނިޝްޔާ ޝުޖާޢު 1ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އޭގެ އިތުރުން ކީ ސްޓޭޖް 3ގެ ހިތުން ކިޔެވުމުގެ ބައިން ވެސް 1ވަނަ ހޯދީ ނިޝްޔާއެވެ. މުޅި މުބާރާތުން އާޔާ ޢަބްދުލް ޢަޡީމް 1ވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ. އާޔާ ވެސް ވަނީ ކީ ސްޓޭޖް 5ން ފޮތުން ކިޔެވުމުގެ ބައިން ވެސް 1ވަނަ ހޯދާފައެވެ.
މި މުބާރާތުގައި ކޮންމެ ކީ ސްޓޭޖަކުން، ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާފައިވެއެވެ.
ޖަލްސާގެ ތެރެއިން- ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބުކް ޕޭޖު
ކީ ސްޓޭޖް 1ން ފޮތުން ކިޔެވުމުގެ ބައިން 1ވަނަ ޖުމާނާ މުޙައްމަދު ޙުސައިން ހޯދި އިރު ފޮތުން ކިޔެވުމުގެ ބައިން ކީ ސްޓޭޖް 2ން 1ވަނަ ހޯދީ މުޙައްމަދު އާރިކް އަޙްމަދު ޞާލިޙްއެވެ. ކީ ސްޓޭޖް3ން ފޮތުން ކިޔެވުމުގެ ބައިން އަޢިނީ އަޙްމަދު ޢަބްދުއްރަޙީމް 1ވަނަ ހޯދި އިރު ކީ ސްޓޭޖް 4ން ފޮތުން ކިޔެވުމުގެ ބައިން 1ވަނަ ހޯދީ މަރްޔަމް މަލާކް އަޙްމަދެވެ. ކީ ސްޓޭޖް 5ން ފޮތުން ކިޔެވުމުގެ ބައިން 1ވަނަ ހޯދީ އާޔާ ޢަބްދުލް ޢަޡީމްއެވެ.
ކީ ސްޓޭޖް 1ން ހިތުން ކިޔެވުމުގެ ބައިން 1ވަނަ ޢައްމާރު ބިން ސަޢުދުﷲ ޚާތިމް ހޯދި އިރު ހިތުން ކިޔެވުމުގެ ބައިން ކީ ސްޓޭޖް 2ން 1ވަނަ ހޯދީ މަލާކް ޢަބްދުﷲ ސާޖިދެވެ. ކީ ސްޓޭޖް3ން ހިތުން ކިޔެވުމުގެ ބައިން ފާޠިމަތު ނިޝްޔާ ޝުޖާޢު 1ވަނަ ހޯދި އިރު ފައުންޑޭޝަން ސްޓޭޖުން ހިތުން ކިޔެވުމުގެ ބައިން 1ވަނަ ހޯދީ އާމިނަތު ޒާކިޔާ އަޙްމަދު މަދީހްއެވެ.
ޖަލްސާގައި ބައެއް ދަރިވަރުންނާއި ޓީޗަރުން- ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބުކް ޕޭޖު
މި މުބާރާތަކީ ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސްކޫލުގެ އިސްލާމިކް ފޯރަމުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެ 50 އިންސައްތަ މާކުސް ލިބޭ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކުސް ހޯދާ 25 ދަރިވަރުންނަށް ތުޅާދޫ ކައުންސިލް ގުރުއާން މުބާރާތުގައި ސްކޫލު ޓީމް ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެން ދެވެއެވެ.