ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
ފިނާއާއި ސަހާ ހުށަހެޅުމެއް ހުށަހަޅަނީ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ގަދަ 14 އަށް ފިނާ އަދި ސަހާ ދަތުރުކޮށްފި

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބާއްވާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގައި ތުޅާދޫއަށް ނިސްބަތްވާ އައިޝަތު ފިނާ ފިރާޤާއި އާމިނަތު ސަހާ ގަދަ 14 އަށް ދަތުރު ކޮށްފިއެވެ.

ތުޅާދޫގެ ދެ ބައިވެރީން ގަދަ 14ށް ދަތުރު ކުރީ މި ދިޔަ ހަފުތާގައި އެ ދަރިވަރުންގެ މަސައްކަތްތަކާއި ހުށަހެޅުންތަކަށް ބަލައި ރޭ ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީ މޯލްޑިވްސްއިން ދުރަށް ދެއްކި "ބެސްޓްރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" ޕްރޮގުރާމުގައި ބައިވެރީން މަދުކުރުމުގެ ޝޯވްގައި އެ ދެ ބައިވެރީން ސަލާމަތް ވެގެންނެވެ. 

ތުޅާދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ ދެ ބައިވެރީންގެ ހުށަހެޅުންތައް ޖުމުލަކޮށް ވަރަށް ރަނގަޅެވެ. އަދި ދެ ބައިވެރީންގެ މަސައްކަތް ވެސް ވަރަށް ފުރިހަމައެވެ. އެ ދެ ބައިވެރީންނަށް މަދުވަނީ އާންމުންގެ ވޯޓެވެ. މުބާރާތް ހަމަޖެހިފައިވާ ގޮތުން ބައިވެރީންނަށް ލިބޭ މާކުހުގެ  30 އިންސައްތައަކީ އާންމުންގެ ވޯޓެވެ. ތުޅާދޫ ދެ ބައިވެރީން ގަދަ 16 އިން 14 ށް ދަތުރު ކުރި އިރު ވޯޓް ލިބުނު މިންވަރު ސީދާ ނޭނގުނު ނަމަވެސް ބައިވެރީންނަށް ކޮށްފައިވާ ކޮމެންޓްތަކުން އެ ބައިވެރީންގެ ހުށަހެޅުންތައް ރަނގަޅުކަން ފާހަގަކުރެވުނެވެ. 

މި މުބާރާތުގައި ވޯޓުލެވެނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން އެޅުވުމަށްފަހު އެ އެޕްލިކޭޝަން މެދުވެރިކޮށެވެ. 

ދިވެހިރާއްޖޭގެ އަޑުން ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމަށް ޓަކައި ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތް މިހާރު ބާއްވަމުން އަންނަތާ މިއީ  6ވަނަ އަހަރެވެ. 

މި މުބާރާތަކީ ރޭޑިއޯ ދާއިރާގައި ޒުވާނުން ކުރިއަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބެލެވެއެވެ. އަދި މީގެ ކުރީގެ އަހަރުތަކުގައި ވެސް މި މުބާރާތުން ފާހަގަކުރެވުނު ގިނަ ޒުވާނުން މިހާރު އަންނަނީ ރޭޑިއޯ ދާއިރާގައި ކާމިޔާބު ޕްރެޒެންޓަރުންގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments