ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

އުފެއްދުންތެރިކަމުގެ މައުރަޒު 2025: އެންމެ ގިނަ ތަކެތި ހުށަހެޅީ ތުޅާދޫން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް އެންމެ ގިނަ ތަކެތި ހުށަހަޅާފައިވަނީ ބ. ތުޅާދޫން ކަމަށް ބިޒްނަސް ސެންޓަރ ކޯޕޕަރޭޝަން (ބީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

ބީސީސީން ބުނީ މި އަހަރުގެ މަޢުރަޒަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ތުޅާދޫން މަޢުރަޒަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހީންގެ ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭއްވުމަށް ނިންމާފައިވާ މި މައުރަޒުގައި 3600ށް ވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވާ ކަމަށް ވެސް ބީސީސީން ބުނެއެވެ. 

މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކުރި ތުޅާދޫ ކައުންސިލުން ބުނީ މި މަޢުރަޒުގައި ތުޅާދޫ ކައުންސިލުން އެކަނި ވެސް 400ށް ވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި ތުޅާދޫން އަމިއްލަ ގޮތުން ވެސް ބައެއް ތަކެތި ބައިވެރިކޮށްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. 

ބީސީސީން ބުނީ މި މަޢުރަޒަށް ހުށަހެޅުނު ތަކެއްޗަށް މިހާރު އިންސާފުކޮށް ނިމިފައިވާ ކަމަށާއި މަޢުރަޒުގެ ނަތީޖާފާޅުކުރުން ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ބީސީސީން ބުނެފައިވެއެވެ. 

މި ފަހަރުގެ މައުރަޒު އޮންނާނީ އަންނަ ހުކުރު ދުވަހުން (23 މެއި) ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގައި ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެ ކަމަށް ބީސީސީން މަޢުލޫމާތު ދީފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ވާނީ، އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުން ފެންނާނެ އެންމެ ބޮޑު އެއް ހަރަކާތަށް ކަމަށް ބީސީސީން ބުނެފައިވެއެވެ. މި މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަތްތެރި މަސައްކަތްތަކުގެ މަޢުރަޒުން އެންމެ ފާހަގަކުރެވޭ އެއް ރަށަކީ ބ. ތުޅާދޫއެވެ. 


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
5 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments