ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
ގާޑިއާ

ތުޅާދޫގައި އަޟްޙާ ޢީދު ކުޅިވަރު ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމަށް ބިން ދޫކުރަން ނިންމައިފި

ތުޅާދޫގައި އަޟްޙާ ޢީދު ކުޅިވަރު ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމަށް ބިން ދޫކުރަން ނިންމައިފިއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ކުޅިވަރު ކުޅޭ ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 227 ވަނަ ޖަލްސާގައެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ބިންތައް ދޫކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ވިޔަފާރިއަކަށް ދޫކުރެވޭނީ އެންމެ ބިމެއްކަމާއި މި ގޮތަށް ބިން ދޫކުރުމުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. 

ޖުމުލަ 10 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިމެއްގެ އަގަކީ ދުވާލަކަށް 150 ރުފިޔާއެވެ. 10 ފަރާތަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ، ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި މިގޮތަށް ހޮވޭ ފަރާތްތަކުގެ މެދުގައި ސްލޮޓް ގުރުއަތުލުން ވެސް އޮންނާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. 

ގާޑިޔާ ބަހައްޓަން ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ކައުންސިލުން މިހާރުވަނީ ހުޅުވާލާފައެވެ. 

މި ނިންމުމަކީ ރަށުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކޮށް، ޢީދު ދުވަސްވަރު ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments