ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތުޅާދޫ ކައުންސިލްގެ 13ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއިން ބާއްވާ 13ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. 

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ތުޅާދޫ ސްކޫލާއި، ތުޅާދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ޤުރްއާން ކްލާސްތަކާއި ކުލަބު ޖަމްޢިއްޔާތަކަށާއި، އަދި ތުޅާދޫގެ ޢާއްމު ފަރުދުންނަށް ހުޅުވާލާފައެވެ.

ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާގޮތުން 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު، 2025 މެއި 20 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތުޅާދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި އޮންލައިންކޮށް ލިބެން ހުންނާނެކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:30 އަށް ތުޅާދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މުބާރާތުގެ ގަވާއިދު ވެސް ވަނީ ޢާއްމުކޮށްފައެވެ.

މި މުބާރާތަކީ ތުޅާދޫ ކައުންސިލުން އަހަރުން އަހަރަށް ބާއްވަމުން އަންނަ މުބާރާތެއް ކަމަށާއި، މިއީ މި މުބާރާތުގެ 13 ވަނަ އަހަރު ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޅަފަތުގައި ކުދިންނަށް ޤުރްއާން ކިޔެވުމުގެ ލޯބި ޖެއްސުން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ތުޅާދޫ ކައުންސިލްގެ އިދާރާއާ ގުޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments