![](https://thulhaadhootimes.com/ads/banner_0101.jpg)
އެގާރަ ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް އީގަލް އިން ހޯދީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 16-18 އިން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޔަންގް އީގަލް މެޗު ޑޮމިނޭޓްކުރި އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 4-9 ގެ ނަތީޖާއަކުން ޔަންގް އީގަލް ކުރީގައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޮޑިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުފައި އެ ޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއެވެ. ނަމަވެސް ޔަންގް އީގަލްގެ ދިފާއީ ކުޅުމުގެ ތެރޭގައި އޮޑިއަށް ހިންދެމިލެވޭގޮތެއް ނުވިއެވެ. ޔަންގް އީގަލް އިން ވެސް ދިޔައީ ލަނޑަކަށް ފަހު ލަނޑެއް ކާމިޔާބު ކުރަމުންނެވެ. އެގޮތުން ދެވަނަ ހާފުގައި ވެސް ޔަންގް އީގަލްއިން ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗު ނިމިގެން ދިޔައީ ޔަންގް އީގަލްއިން 2 ލަނޑު ކުރީގައި އޮވެގެންނެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަންގް އީގަލްގެ ކީޕަރު އިބްރާހިމް ނާއިފްއެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ވެސް ޔަންގ އީގަލްގެ ދެ ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ޖާޒީ ނަންބަރު 1 އިބްރާހީމް ނާއިފްއާއި ޖާޒީ ނަންބަރު 7، ޢަބްދުﷲ ޢައްޒާމެވެ. މުޅި މުބާރާތުގެ އެންމެ ޕްރޮމެސިންގެ ޕްލޭޔަރގެ މަގާމު ވެސް ހޯދީ ޢަބްދުﷲ ޢައްޒާމެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ނާއިފް
މި އަހަރުގެ މުބާރާތުގައި ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކޮށްފައިވަނީ 16 ޓީމެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަނުންނަކީ ވެސް ޔަންގް އީގަލްސްއެވެ.
އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ޔަންގު އީގަލްގެ ދެ ކުޅުންތެރީން ހިމެނުނު
ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް އަކީ 1994 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ އެކި ޙަރަކާތްތަކުގައި ވާދަ ކުރަމުން އަންނަ ޓީމެކެވެ.