ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ
އަތޮޅު ގުރުއާން މުބާރާތުން 1ވަނަ ލިބުމުން ކައުންސިލްގެ ރައީސް އިނާމާ ހަވާލުވެވަޑައިގަންނަވަނީ

ބ. އަތޮޅުގެ ގުރުއާން މުބާރާތުގެ ތަށި ތުޅާދޫ ކައުންސިލުން މިލްކުކޮށްފި

ބ. އަތޮޅުގެ ގުރުއާން މުބާރާތުގައި ޖެހިޖެހިގެން ތިން ފަހަރު އެއްވަނަ ހޯދައި ތުޅާދޫ ކައުންސިލުން އެ ތަށި މިލްކުކޮށްފިއެވެ.

ތުޅާދޫ ކައުންސިލް މި ތަށި މިލްކުކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި އަތޮޅު ގުރުއާން މުބާރާތުގެ ތަށްޓާއި 2023 ވަނަ އަހަރު ބޭއްވި އަތޮޅު ގުރުއާން މުބާރާތުގެ ތަށްޓާއި މި އަހަރު ބޭއްވި މުބާރާތުގެ ތަށި ހޯދައިގެންނެވެ.

މި އަހަރުގެ މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިންނާއި ފޮތުން ކިޔެވުމުގެ ގޮފީން ވެސް އެއްވަނަ ހޯދާފައިވަނީ ތުޅާދޫ ކައުންސިލެވެ. ތުޅާދޫ ކައުންސިލުން ބައިވެރިވި ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކު ވަނީ ވަނަވަނަ ހޯދާފައެވެ.

your imageހިތުން ކިޔެވުމުގެ ގޮފިން ހުރިހާ ޢުމުރުފުރާތަކާއި ކީ ސްޓޭތައް އެއްކޮށް 1 ވަނަ ދަރިވަރު ޒައުލް ބިން ޝާމިން ޙުސައިން 

މި ފަހަރުގެ މުބާރާތުގައި ތުޅާދޫ ކައުންސިލުން ބައިވެރިވި ޓީމުގެ ދަރިވަރުން ވަނީ ފަސް އުމުރުފުރާ އަކުން 1ވަނަ ހޯދާފައިވެއެވެ. ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 2ގެ ބައިން 1 ވަނަ މުޙައްމަދު އާރިކް އަޙްމަދު ޞާލިޙް ހޯދި އިރު ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 3ގެ ބައިން 1 ވަނަ ހޯދީ މަރްޔަމް މަލާކް އަޙްމަދުއެވެ. އަދި ފޮތުން ކިޔެވުމުގެ ގޮފިން 19 އަހަރުން މަތީގެ ބައިން މޫސާ ނުޞައިރު 1 ވަނަ ހޯދި އިރު ފޮތުން ކިޔެވުމުގެ ގޮފިން ހުރިހާ ޢުމުރުފުރާތަކާއި ކީ ސްޓޭތައް އެއްކޮށް 2 ވަނަ ހޯދީ ވެސް މޫސާ ނުޞައިރުއެވެ. މީގެ އިތުރުން ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 3ގެ ބައިން ފާޠިމަތު ނިޝްޔާ ޝުޖާޢު 1 ވަނަ ހޯދި އިރު ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 1ގެ ބައިން ޒައުލް ބިން ޝާމިން ޙުސައިން ވަނީ 1 ވަނަ ހޯދާފައެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން ހުރިހާ ޢުމުރުފުރާތަކާއި ކީ ސްޓޭތައް އެއްކޮށް 1 ވަނަ ދަރިވަރަކަށް ހޮވުނީ ވެސް ޒައުލް ބިން ޝާމިން ޙުސައިންއެވެ.

your imageހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 3ގެ ބައިން 1ވަނަ ހޯދި ފާޠިމަތު ނިޝްޔާ ޝުޖާޢު 

މި ފަހަރުގެ މުބާރާތުގައި ތުޅާދޫ ކައުންސިލުން ބައިވެރިވި ޓީމުގެ ދަރިވަރުން ވަނީ ހަތަރު އުމުރުފުރާ އަކުން 2ވަނަ ވެސް ހޯދާފައެވެ. ފޮތުން ކިޔެވުމުގެ ގޮފިން ފައުންޑޭޝަން ބައިން މުޙައްމަދު އަލަކް އަޝްރަފް 2 ވަނަ ހޯދި އިރު ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 2ގެ ބައިން ޔޫސުފް ޔުޢާން ވިޝާމް ވަނީ 2 ވަނަ ހޯދާފައެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން ފައުންޑޭޝަން ބައިން ކައިސާން އިސްމާޢީލް ޝައްފާން 2 ވަނަ ހޯދި އިރު ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 1ގެ ބައިން 2 ވަނަ ހޯދީ ޢައްމާރު ބިން ސަޢުދުﷲ ޚާޠިމްއެވެ.

your imageފޮތުން ކިޔެވުމުގެ ގޮފިން 19 އަހަރުން މަތީގެ ބައިން 1ވަނަ ހޯދި މޫސާ ނުޞައިރު އިނާމު ލިބިގަންނަނީ

މި ފަހަރުގެ މުބާރާތުގައި ތުޅާދޫ ކައުންސިލުން ބައިވެރިވި ޓީމުގެ ދަރިވަރުން ވަނީ ފަސް އުމުރުފުރާ އަކުން 3ވަނަ ވެސް ހޯދާފައެވެ. ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 3ގެ ބައިން ޒާރާ ޢަބްދުލް އަސީމް 3 ވަނަ ހޯދިއިރު ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 4ގެ ބައިން 3 ވަނަ ހޯދީ އާން ޢަލީއެވެ. އަދި ފޮތުން ކިޔެވުމުގެ ގޮފިން 16އަހަރާއި 19 އަހަރާ ދެމެދުގެ ބައިން އާޔާ ޢަބްދުލް ޢަޡީމް 3 ވަނަ ހޯދި އިރު ފޮތުން ކިޔެވުމުގެ ގޮފިން ހުރިހާ ޢުމުރުފުރާތަކާއި ކީ ސްޓޭތައް އެއްކޮށް 3 ވަނަ ދަރިވަރަކަށް މަރިޔަމް މަލާކް އަޙްމަދު ހޮވުނެވެ. މީގެ އިތުރުން ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 2ގެ ބައިން ޢައިޝަތު ޔޫލީ އިބްރާހީމް ފައްވާޒް 3 ވަނަ ހޯދި އިރު ހިތުން ކިޔެވުމުގެ ގޮފިން 16އަހަރާއި 19 އަހަރާ ދެމެދުގެ ބައިން 3 ވަނަ ހޯދީ އިދާމާ އާދަމް ނަޞީރުއެވެ.

މި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން ކުޑަރިކިލު ކައުންސިލުން ދެވަނަ ހޯދި އިރު މި ބައިން ތިންވަނަ ލިބުނީ އޭދަފުށްޓަށެވެ. ހިތުން ކިޔެވުމުގެ ބައިން އޭދަފުށްޓަށް ދެވަނަ ލިބުނު އިރު މި ބައިން ތިންވަނަ ލިބުނީ ކެންދުއަށެވެ. މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ މާޅޮހު ކައުންސިލުގެ އާޔާ ބިންތު އިބްރާހީމްއެވެ. އަދި ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ޒައުލް ބިން ޝާމިން ޙުސައިން އަށެވެ.

ތުޅާދޫ ރައްޔިތުންވަނީ މި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
1 month ago 0 Comments
ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް
2 months ago 0 Comments
ތުޅާދޫ އިހުގެ ހުކުރު މިސްކިތް ތަޅާލައި އާ މިސްކިތެއްގެ ބިންގާއެޅުން
2 months ago 0 Comments
ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ތުޅާދޫ ޔަންގް އީގަލްއަށް
2 months ago 0 Comments