ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު

ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި

މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތުޅާދޫ ދާއިރާގެ ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުލްޙަންނާން އަބޫބަކުރު ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އަމިއްލަ ގޮތުން ކުރިމަތި ލެއްވި ޙަންނާނުވަނީ 1285 ވޯޓް ހޯއްދަވާފައި ވެއެވެ. ޙަންނާނާ އެންމެ ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 762 ވޯޓެވެ. ތިންވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ޝަފީޤަށް 363 ވޯޓް ލިބިވަޑައިގެންނެވި އިރު 254 ވޯޓް ހޯއްދަވައިގެން 4 ވަނަ ހޯއްދެވީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި މުޙައްމަދު ޝަރީފެވެ. މީގެ އިތުރުން ޑިމޮކްރެޓްސްގެ ޓިކެޓްގައި ކުރިމަތި ލެއްވި އަޙުމަދު އަފްރާހަށް 23 ވޯޓް ލިބިވަޑައިގެންނެވި އިރު އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް ޝާފިޢުއަށް 14 ވޯޓް ލިބިވަޑައިގަތެވެ. އަދި އަޙުމަދު ތަހުލީމަށް 4 ވޯޓް ލިބިގަޑައިގަތެވެ.

މިއަދު ބޭއްވި އިންތީޚާބުގައި ގިނަ ގޮނޑިތަކެއް ސަރުކާރުން ވަނީ ކާމިޔާބުކުރައްވާފައެވެ. އިދިކޮޅު އެމްޑީޕީއަށް ނެގޭނެކަމަށް ބެލެވެނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންޓަށް 11 ގޮނޑި ނެގޭނެކަމަށް ބެލެވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments