ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ބޮޑު ޝަފީގު: މި ފަހަރުގެ ހަމައެކަނި ޗޮއިސް

އެއީ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ގާނޫނީ ދާއިރާގެ މާހިރެކެވެ. ތުޅާދޫގެ އިޖުތިމާޢީ ޚިދުމަތުން ފެވޭ ނަމެކެވެ. ބ. ތުޅާދޫއާއި މުޅި ދާއިރާއަށް ވެސް ފަރިތަ ނަމެކެވެ. އެއީ އަލްއުސްތާޛް މުޙައްމަދު ޝަފީޤެވެ. ގިނަ ބައެއްގެ ފަރިތަ ނަމުން ނަމަ ބޮޑު ޝަފީޤެވެ.

ބޮޑު ޝަފީޤަކީ ތުޅާދޫއަށް އުފަން ތުޅާދޫ ދަރިއެކެވެ. ތުޅާދޫ މަދަރުސާއިން ތަޢުލީމު ޙާޞިލުކުރެއްވި ޚިދުމަތްތެރިއެކެވެ. ޝަފީޤުގެ ޚިދުމަތުގެ ފަސްބައި ގުޅިފައިވަނީ ގާނޫނީ ދާއިރާއާއެވެ. ޤައުމީ ޚިދުމަތް ގުޅިފައިވަނީ ޑިފެންސް މިނިސްޓްރީއާއެވެ.

" އަޅުގަނޑަކީ އަބަދުވެސް ގާނޫނީ ދާއިރާއަށް ލޯބިކުރި މީހެއް. އެ ދާއިރާގައި އެތައް އަހަރަކު ހޭދަކުރެވިއްޖެ. އެންމެ ގިނަ ދުވަހު ހަރަކާތްތެރި ވެވުނީ ޑިފެންސް މިނިސްޓްރީގެ ލޯޔަރެއްގެ ގޮތުގައި. ތިރީހަކަށް އަހަރު އެ ދާއިރާގައި ހަރަކާތްތެރިވިން" ގާނޫނީ ދާއިރާއިން ޝަފީޤުގެ ޚިދުމަތް ފާހަގަކުރެވޭ އިރު ޝަފީޤުވަނީ ޝަރުޢީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައެވެ. އެކި ދާއިރާގެ ތަފާތު މައްސަލަތަކުގައި އެތައް އަހަރަކު ވަކާލާތު ކުރައްވާފައެވެ.

your imageތުޅާދޫގައި ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތުގެ ތެރެއިން

"އަޅުގަނޑުމެން ކުރަން މިއުޅެނީ ގާނޫނީ މަސައްކަތްތެއް. އެކަން ކުރުމުގެ ގާބިލުކަން އަޅުގަނޑުގެ އެބަ ހުރި. އެ ވިސްނުން އަޅުގަނޑުގެ އެބަ ހުރި. އެ ތަޖުރިބާ އެބަ ހުރި" ޝަފީޤު ފެށްޓެވީ ރައްޔިތުން މަޖިލީހުގެ މައިގަނޑު މަސައްކަތުގެ ވާހަކައެވެ. އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ކެންޑިޑޭޓަކީ ކާކުކަން ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެވެ.


" އަޅުގަނޑުމެން މި އުޅެނީ ސަމާސާއެއް ކުރާކަށް ނޫން. މި އުޅެނީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލުކުރަން. އެކަން ކުރެވޭނީ ގާނޫނީ އިލްމާއި ސިޔާސީ ވިސްނުމާއި ތަޖުރިބާ ވެސް ހުރެގެން. ދާއިރައަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ނުކެރޭނެ މިއިން އެއްވެސް ސަފަކުން އަޅުގަނޑުގެ ކުރިއަށް އަރާކަށް. އަޅުގަނޑަކީ ދާއިރާގެ ރައްޔިތުންނާ އަބަދުވެސް ގުޅުން އޮންނަ މީހެއް"


" އަޅުގަނޑުމެން މި އުޅެނީ ސަމާސާއެއް ކުރާކަށް ނޫން. މި އުޅެނީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލުކުރަން. އެކަން ކުރެވޭނީ ގާނޫނީ އިލްމާއި ސިޔާސީ ވިސްނުމާއި ތަޖުރިބާ ވެސް ހުރެގެން. ދާއިރައަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ނުކެރޭނެ މިއިން އެއްވެސް ސަފަކުން އަޅުގަނޑުގެ ކުރިއަށް އަރާކަށް. އަޅުގަނޑަކީ ދާއިރާގެ ރައްޔިތުންނާ އަބަދުވެސް ގުޅުން އޮންނަ މީހެއް" ޝަފީޤު ވިދާޅުވީ އޭނާއަށް ވޯޓް ދެއްވަންވީ ބައެއް ސަބަބުތަކެވެ.

your imageޝަފީޤަށް ކެންމޭނު ކޮށްދެއްވުމަށް ކުރީގެ ރައީސް ތުޅާދޫއަށް ވަޑައިގެން ޝަފީޤާ ސަ؛ލާމްކުރައްވަނީ 

" މިކަމާ އަޅުގަނޑު މި އުޅެނީ މިއަދަކު ނޫން. މިއީ ކުއްލިއަކަށް މިއަދު ހޭލުމާއެކު އުފަންވި ޚިޔާލެއް ނޫން. މި މަސައްކަތުގައި އަޅުގަނޑު އުޅޭތާ އެތައް އަހަރެއް ވެއްޖެ. މި ވިސްނުން ރައްޔިތުންނަށް އެނގޭނެ. މިއަދު އަޅުގަނޑު މި ހުރީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި. މި ރަށަކީ ސިޔާސީ ވިސްނުން ތަރައްގީ ވެފައިވާ ރަށެއް. އެ ވިސްނުންތަކަށް ޖާގަ މި ރަށުގައި އޮންނަން ޖެހޭ. އެކި ފިކުރުތަކާއެކު އެއް މޭޒަކަށް އަޅުގަނޑަށް އެރޭނެ. ދާއިރާގެ ހައްގުގައި ބަސް ބުނެވޭނެ" ޝަފީޤު ފާހަގަކުރެއްވީ ތުޅާދޫގެ ސިޔާސީ މަސްރަހާއި އެކި ފިކުރިތަކަށް ތުޅާދޫގައި އޮތް ޖާގައިގެ ވާހަކައެވެ. އެ ޖާގައިގެ ތެރޭގައި ވެސް ޝަފީޤަށް މަސައްކަތް ކުރެއްވޭނެ ވާހަކައެވެ. 

ޝަފީޤަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ތުޅާދޫ ދާއިރާގެ ކެންޑިޑޭޓެވެ. 2014 ވަނަ އަހަރުން ފެށިގެން ޝަފީޤަކީ އެމްޑީޕީ މެންބަރެކެވެ. ޝަފީޤު ގަބޫލުކުރައްވާ ގޮތުގައި މިއަދު މަޖިލީހަށް ބޭނުންވަނީ ސިޔާސީ ވާދައިގެ ތެރޭގައި ގުޅުންތެރިކަމާއި އެކުއުޅުންތެރިކަން އިސްކޮށް ގާނޫނީ ހައްލު ހޯއްދައިދެއްވޭނެ ވިސްނުންތެރީންނެވެ.

" އަޅުގަނޑަކީ ދާއިރާއަށް ޚިދުމަތް ކުރަން ބޭނުންވާ މީހެއް. ދާއިރާގެ ވިސްނުން އެނގޭ މީހެއް. މިއަދު ވެސް ތުޅާދޫއާއި ގޮއިދޫއާއި ފުޅަދޫއާއި ފެހެންދޫގެ ވިސްނުން އެބަ އެނގޭ. ސިޔާސީ ވާދައިގެ ތެރޭގައި އެކި ފިކުރުތަކާއެކު އަޅުގަނޑަށް މަސައްކަތް ކުރެވޭނެ. ދައްކާ ވާހަކަތައް ހަޖަމުކުރެވޭނެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާކަށް އަޅުގަނޑު ފަހެއް ނުޖެހޭނެ. މީހެއްގެ ނުވަތަ ބައެއްގެ ވިޔަފާރީގެ މަސްލަހަތުތަކެއް ހިމާޔަތް ކުރާކަށް އަޅުގަނޑަކަށް ނުޖެހޭނެ. ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމެއްގެ ޝަކުވާ އެ މަޖިލީހުގައި އަޅުގަނޑަށް އުފުލޭނެ" ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤު ވިދާޅުވީ ދާއިރާގައި އެތައް ކަންބޮޑުވުމެއް ހުރިކަމަށެވެ. އެ ކަންކަމުގެ ހައްލު ގުޅިފައިވާ އެއް ތަނަކީ ރައްޔިތުންގެ މަޖިލިސްކަން ޝަފީޤު ފާހަގަކުރެއްވިއެވެ.

" ހަގީގަތުގައި ވަރަށް ގިނަ ޝަކުވާ އެބަ ހުރި. ސިއްހީ ނިޒާމު ހަރުދަނާކޮށް އަސާސީ ޚިދުމަތްތައް ހަމަހަމަކާއެކު ރައްޔިތުންނަށް ލިބޭނެ ގޮތުގެ ވާހަކަ ދައްކަން އެބަ ޖެހޭ. ވިޔަފާރިތައް ކުރިއެރުވުމަށާއި ވިޔަފާރިވެރީންނަށް ފަސޭހަ ގޮތްތަކާއި ފުރުޞަތުތައް ފަހިވާނެ ގޮތަށް ގާނޫނުތަކަށް ބަދަލުތައް ގެންނަން އެބަ ޖެހޭ. ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ ބާރުވެރިކަން ލިބޭނެ ގޮތްތައް ގާނޫނުގެ ތެރެއިން ފަހިކޮށްދެން އެބަ ޖެހޭ. މިއިން ކޮންމެ ކަމެއް ގޮސް މި ގުޅެނީ ރައްޔިތުންގެ މަޖިލީހާ. އެ ތަނުގައި ކުރެވޭ ހަރުދަނާ މަސައްކަތްތަކާ. އެކަން ކޮށްދެވޭނީ މިހާރު މި ތިބި ކެންޑިޑޭޓުންގެ ތެރެއިން އަޅުގަނޑަށް" ޝަފީޤު ވިދާޅުވަނީ އިންސާފުވެރި ވިސްނުމަކުން ވިސްނެވުމަށް ފަހު މި ފަހަރުގެ ވޯޓުގައި ތިލަފަތް އިޚުތިޔާރު ކުރެއްވުން މުހިންމު ކަމަށެވެ.

" އަޅުގަނޑަށް ވެސް އެނގޭ ސިޔާސީ ގޮތުން ފިކުރު ތަފާތު މީހުން ކޮންމެ ތަނެއްގައި ވެސް އަދި މި ދާއިރާގައި ވެސް ތިބޭނެކަން. އަޅުގަނޑާ ފިކުރު ދިމާ ނުވާ މީހުން ވެސް ތިބޭނެ. ނަމަވެސް އެމްޑީޕީއަކީ އެމްޑީޕީ. އެއީ އެއް ބައެއް. އަޅުގަނޑުމެން މި ފަހަރު ނުކުމެ މި ތިބީ މިސްރާބު ހަމަމަގަށް އަޅުވަން. ކައްޗަށް ދާނަމަ ސީދާ ކުރަން." އެމްޑީޕީގެ މައި ޝިއާރާމެދު ޝަފީޤު ވިދާޅުވިއެވެ.

" މިހާރު ވެސް މި އިވެނީ ޕްރޮޖެކްޓްތައް ހުއްޓިފައި ހުރި ވާހަކަ. ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކަންކަމާމެދު އެދަނީ ފާޅުކުރަމުން. އެ އަޑު މަޖިލީހުން އިވެންޖެހޭ. ރައްޔިތު މީހާގެ ބަސް މަޖިލީހުގެ ތަޅުމާ ހަމައަށް ދާންޖެހޭ. އެކަން އަޅުގަނޑަށް ކުރެވޭނީ ރައްޔިތުން އެ ފުރުޞަތު އަޅުގަނޑަށް ދެއްވައްފި ނަމަ" ޝަފީޤު ވިދާޅުވީ ސަރުކާރު ޖަވަބު ދާރީ ކުރުވާން މަސައްކަތް ކުރާ އިރު ދާއިރާގެ ކުރިއެރުމާ ގުޅިފައިވާ ކަންކަމުގައި އެއްބާރުލުއް ވެސް ދެއްވާނެ ކަމަށެވެ.

" މި ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމާއި އުފާވެރިކަމާ ގުޅިފައިވާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަށް ވެސް އެއްބާރުލުން ދެވޭނެ. މި ދާއިރާއަށް އަންނަ ތަރައްގީއެއް ހުއްޓުވާކަށް އަޅުގަނޑު ބޭނުމެއް ނުވާނެ. މިއީ އަޅުގަނޑު ވެސް ދާއިރާ" ޝަފީޤު ވިދާޅުވީ ދާއިރާގެ ވިންދު ކެނޑިގެން ނުދާނެ ކަމެވެ.

ޝަފީޤު ވިދާޅުވަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާ ކަމަށެވެ.

" އިރާދަކުރެއްވިއްޔާ ކެންޕޭނުގެ ހުރިހާ ކަމެއް މިދަނީ ރަނގަޅަށް. އަޅުގަނޑަށް އޮތް އިތުބާރަކީ ކުރަން މި އުޅޭ ގާނޫނީ މަސައްކަތް އަޅުގަނޑަށް ކުރެވޭނެ ކަމުގެ އިތުބާރު. ރައްޔިތުންނަށް ވެސް އެކަން އެބަ ގަބޫލުކުރެވޭ. އިރާދަކުރެއްވިއްޔާ އެ އިތުބާރާއެކު އަޅުގަނޑަށް ކާމިޔާބު ލިބޭނެ" ޝަފީޤުގެ ފަހުބަހަކީ ވެސް އެއީ އެވެ.

"ވޯޓް ލައްވަންވީ ކަން ކުރެވޭނެ މީހަކަށް. ކަންކުރެވޭނެ ގާބިލުކަން ހުރި މީހަކަށް. މަޖިލީހުގައި ތުޅާދޫ ދާއިރާގެ ބަސް އިއްވައި ރައްޔިތުންނާއެކު ހުންނާނެ މީހަކަށް. އެއީ އަޅުގަނޑު ޝަފީޤު"

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
50%
ރުޅިއައި
50%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާ ފުޓްސަލް މުބާރާތް 2024 ގައި 13 ޓީމަކުން ބައިވެރިވެއްޖެ
1 week ago 0 Comments
ޢަބްދުއްރަޙީމް ކަތީބު: ހިސާބު އެދުރެއް، ތަފާތު ޝަޚުޞިޔަތެއް
1 week ago 1 Comments
ތުޅާދޫ ދާއިރާގެ ގޮނޑި ޙަންނާން ކާމިޔާބުކުރައްވައިފި
4 weeks ago 0 Comments
ހުންގާނު ޙަންނާނަށް : އުފާވެރިކަން ދާއިރާއަށް
1 month ago 0 Comments