ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް

ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބާގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި މުބާރާތުން 1ވަނަ ބ. ތުޅާދޫ ރަންގަލި، މުޙައްމަދު މަތީން ހޯއްދަވައިފިއެވެ.

13 ލޯގޯއެއް ހުށަހެޅި މި މުބާރާތުގައި މަތީންގެ ލޯގޯ 1ވަނައަށް ހޮވުނުކަން އިޢުލާންކުރީ ތުޅާދޫ ސްކޫލުގައި މިއަދު އޮތް ޚާއްޞަ އެސެންބުލީގައެވެ. މި އެސެންބްލީގައި، 1ވަނައަށް ހޮވުނު ލޯގޯ ހުށަހެޅުއްވި މަތީނަށް އެކަން ފާހަގަކޮށް ސެޓްފިކެޓާއި މުބާރާތުން 1ވަނަ ލޯގޯއަށް ހުށަހެޅި 2000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. އަދި މުބާރާތަށް ލޯގޯ ހުށަހެޅުއްވި ބައިވެރީންނަށް ވެސް މިއަދުގެ އެސެންބުލީގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ލޯގޯ މުބާރާތުން 1ވަނަ ހޯއްދެވި މަތީން ވިދާޅުވީ އޭނާ ހުށަހެޅުއްވި ލޯގޯއެއް 1ވަނައަށް ދިއުމަކީ ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި އެ މުބާރާތަށް ލޯގޯ ހުށަހެޅުއްވީ ސްކޫލާ މެދު ހިތުގައި އޮތް ލޯތްބެއްގެ ސަބަބުން ކަމަށެވެ.

your imageމުބާރާތުން 1ވަނައަށް ދިޔަ ކަމުގެ ލިޔުން ސްކޫލުގެ ޕްރިންސިޕަލް ހަވާލުކޮށްދެއްވަނީ 

"ހަގީގަތުގައި ވެސް މިއީ ފަޚުރެއް. މި ކަމުގައި އަޅުގަނޑު ބައިވެރިވާން ބޭނުންވީ ސްކޫލާ މެދު ހިތުގައި އޮތް ލޯބީގެ ސަބަބުން. މި ކަމުގައި އެކި ބޭފުޅުންގެ މަޝްވަރާ އަޅުގަނޑު ހޯދިން. ޚާއްޞަކޮށް އެކުވެރި އަންވަރު އިބްރާހީމް އަދި ޓީޗަރު އަބޫބަކުރު ދާވޫދު ފާހަގަކޮށްލަން. މި މުބާރާތަށް ދެ ލޯގޯއެއް އަޅުގަނޑު ފަރުމާކުރިން. އޭގެ ތެރެއިން އަޅުގަނޑަށް ދެވަނައަށް ކަމުދިޔަ ލޯގޯ 1ވަނައަށް މި ހޮވުނީ. އަޅުގަނޑު ހުށަހެޅި ދެ ލޯގޯގައި ވެސް ހިމެނީ އެއް ވިސްނުމެއް." ލޯގޯއާ މެދު މަތީން ވިދާޅުވިއެވެ.

ލޯގޯ މުބާރާތުން 1ވަނަ ހޯއްދެވުމުން މަތީނަށް ލިބިވަޑައިގެންނެވި 2000 ރުފިޔާ ވަނީ ސްކޫލުގެ އަހަރީ މުނާސަބާގައި ބޭނުންކުރުމަށް ސްކޫލަށް ހަދިޔާކުރައްވާފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments