ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ކައުންސިލްގެ 5ވަނަ ދައުރުގެ ނައިބުރައީސަކަށް ޝިހާބު ހޮވިވަޑައިގެންފި

ތުޅާދޫ ކައުންސިލްގެ 5ވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަގާމަށް ކައުންސިލް މެންބަރު މޫރިތި، ޝިހާބު ޢަލީ ހޮވިވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މަގާމަށް ޝިހާބު ޢަލީ ހޮވިވަޑައިގަތީ ތުޅާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ބޭއްވި ތުޅާދޫ ކައުންސިލްގެ 5ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ތުޅާދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަން ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި އެ މަގާމަށް ކުރިމަތި ލެއްވީ ހަމައެކަނި ޝިހާބު ޢަލީއެވެ. ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވަން ހުޅުވާލި ފުރުޞަތުގައި ޝިހާބު ޢަލީގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ އެލްޖީއޭގެ އުސޫލުތަކުގެ މަތިން އިންތިޚާބަކަށް ނުގޮސް ޝިހާބު ޢަލީ ހޮވިވަޑައިގެންފައިވާކަން ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް އިޢުލާންކުރެއްވިއެވެ.

މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ނިމިދިޔަ ދައުރު ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވެވިއެވެ. މި ރިޕޯޓްގެ ކުރު ޚުލާޞައެއް ކައުންސިލާ ހިއްސާކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ރަޝީދާއެވެ. އޭގެ ފަހުން ކައުންސިލްގެ ރައީސްގެ ވިސްނުންފުޅު ވެސް ކައުންސިލާ ހިއްސާކުރެއްވިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments