
ބ. ތުޅާދޫ ކައުންސިލްގެ ރައީސްކަމަށް މި އަހަރު ކުރިމަތިލައްވާފައިވަނީ ޖުމުލަ 5 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން 3 ކެންޑިޑޭޓުންނާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެކެވެ.
އަޙްމަދު ޝާހިދު، ފަލަސް، ބ. ތުޅާދޫ، އަމިއްލަ ގޮތުން | 1 |
މުޙައްމަދު ރިޔާލް ޢުޘްމާން، ސީވީޑް، ބ. ތުޅާދޫ، އަމިއްލަ ގޮތުން | 2 |
އިބްރާހީމް ޢާދިލް، ހަޒާރުމާގެ، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 3 |
ޢަބްދުﷲ ޒާހިދު، މަހިނޫރު، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 4 |
އަޙްމަދު އަފްރާޙް، އާރު، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ | 5 |
ކައުންސިލް ރައީސްކަމަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން
ބ. ތުޅާދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ ވެސް ޖުމުލަ 5 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން 2 ކެންޑިޑޭޓުންނާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ 2 ކެންޑިޑޭޓުންނެވެ.
ސިޔާދާ ޢަބްދުއްރަޙީމް، އާލިޔާމަންޒިލް، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ | 6 |
ޝިފްނާ ރަޝާދު، ތަރަހަ، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 7 |
ޝައްފާ ޢަލީ، ބިންމާގެ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 8 |
ސާޖިދާ ޢަބްދުއްރަޙްމާން، މާހަލު، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 9 |
ޒަހާރާ ޔޫސުފް، ހަވާއީ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 10 |
ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކުރި ގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓުން
ބ. ތުޅާދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވަނީ ޖުމުލަ 7 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން 3 ކެންޑިޑޭޓުންނާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 2 ކެންޑިޑޭޓުންނާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ 2 ކެންޑިޑޭޓުންނެވެ.
ޔާސިރު މުޙައްމަދު، ދެރަހަ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 11 |
ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން، ހަޒާރުމާގެ، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 12 |
ޢަލީ އަޙްސަން، ހިންމިޔާ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 13 |
އަޙްމަދު ރަޝީދު، ދިލްކުސާގެ، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ | 14 |
ޝިހާބް ޢަލީ، މޫރިތި، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ | 15 |
މުޙައްމަދު ނާޝިދު، ފާލަންދޮށުގެ، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 16 |
ޢަބްދުލްމަތީން ޢަބްދުއްރަޙީމް، ރިޔާޟު، ބ.ތުޅާދޫ، އަމިއްލަ ގޮތުން | 17 |
ކައުންސިލް މެންބަރުކަމަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން
ބ. ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ޖުމުލަ 2 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެކެވެ.
ފާއިޤާ ޙުސައިން، މުރަކަ، ބ. ތުޅާދޫ ، އަމިއްލަ ގޮތުން | 1 |
އަސީލަތު ރަޝީދު، ދިލާވަރުގެ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 2 |
އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން
ބ. ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވަނީ ޖުމުލަ 10 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ 2 ކެންޑިޑޭޓުންނާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 4 ކެންޑިޑޭޓުންނާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ 4 ކެންޑިޑޭޓެކެވެ.
ޒަރީނާ އިބްރާހީމް، މިނާ، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ | 3 |
އިޙްސާނާ ޢަލީ ، ކޮޓޭޖް، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 4 |
ނަދާ އިބްރާހީމް، ހުދުފަޅު، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ | 5 |
ސަދާ ޢަބްދުއްރަޝީދު، ނޫރާނީއާގެ، ބ.ތުޅާދޫ، އަމިއްލަ | 6 |
އުނައިސާ މޫސާ، ކުދިހީނާމާގެ، ބ.ތުޅާދޫ، އަމިއްލަ | 7 |
ޢަމީޒާ ޢަބްދުލްޣަނީ، އިރުމަތީއާގެ ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 8 |
ޢާއިޝަތު ވަޙީދާ، ފެމޯރާ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 9 |
ޢާއިޝަތު ޢުޘްމާން، ނޫރާނީގެ، ބ.ތުޅާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ | 10 |
ޒާހިދާ ޔޫސުފް، ހަވާއީ ، ބ.ތުޅާދޫ ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ | 11 |
ޢާއިޝަތު ޝާޒްމީ، ސަންޔާން، ، ބ.ތުޅާދޫ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް | 12 |
އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން
ތުޅާދޫ ރައްޔިތުން ވޯޓްލާންޖެހޭ ވޯޓްފޮށިތައް ހުރީ ކޮން ތަންތަނަކު؟
ވޯޓްލުމަށް ޓަކައި ތުޅާދޫގައި 3 ފޮށްޓެއް ބެހެއްޓިފައިވެއެވެ. ބ. ތުޅާދޫ 1ނަންބަރު ވޯޓް ފޮށި (125) ބަހައްޓާފައިވާނީ ތުޅާދޫ ސްކޫލް ހޯލުގެ އިރުމަތީގައެވެ. މި ފޮށްޓަށް ވޯޓްލެވޭނީ ތުޅާދޫ ރޯޝަނީ މަގުގެ އިތުރުން، ފީރޯޒުމަގުގެ އިރުން (ޖަވާހިރުމާގޭ ކަނުން) ހިމެނޭ ގެތަކުގެ މީހުންނެވެ. ބ. ތުޅާދޫ 2 ނަންބަރު ވޯޓްފޮށި (126)، ބަހައްޓާފައިވަނީ ތުޅާދޫ ސްކޫލް ހޯލުގެ ހުޅަނގުގައެވެ. މި ފޮށްޓަށް ވޯޓްލެވޭނީ ތުޅާދޫ ރޯޝަނީ މަގުގެ އިތުރުން ފީރޯޒު މަގުގެ ހުޅަގުން (ސައިޓް އޮފީސް ކަނުން) ހިމެނޭ ގެތަކުގެ މީހުންނެވެ. ބ.ތުޅާދޫ 3 ނަންބަރު ވޯޓްފޮށި (127)، ބެހެއްޓިފައި ހުންނާނީ ތުޅާދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގައެވެ. މި ފޮށްޓަށް ވޯޓްލާނީ ރޯޝަނީ މަގުގެ ދެކުނުން ހިމެނޭ ގޭގެ މީހުންނާއި މި ފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީ ކުރާ އެހެނިހެން ދިވެހިރައްޔިތުންނެވެ.
މީގެ އިތުރުން މާލޭގައި އުޅޭ ތުޅާދޫ ރައްޔިތުންނަށް، މާލެ، ދަރުމަވަންތަ ސްކޫލު، އުތުރު އިމާރާތުގެ 1ވަނަ ފަންގިފިލާގެ ކުލާސްރޫމު 1ޑީގައި ބަހައްޓާގައި ހުރި ބ.އަތޮޅު މާލެ-4 (458) މި ފޮށްޓަށް ވޯޓްލެވޭ ގޮތްވަނީ ހަމަޖެހިފައެވެ. މި ފޮށްޓަށް ވޯޓްލެވޭނީ ތުޅާދޫ ރޯޝަނީ މަގުގެ އިތުރުން، ފީރޯޒުމަގުގެ އިރުން (ޖަވާހިރުމާގޭ ކަނުން) ހިމެނޭ ގެތަކުގެ މީހުންނަށާއި ތުޅާދޫ ރޯޝަނީ މަގުގެ އިތުރުން ފީރޯޒު މަގުގެ ހުޅަގުން (ސައިޓް އޮފީސް ކަނުން) ހިމެނޭ ގެތަކުގެ މީހުންނަށެވެ. މީގެ އިތުރުން މާލެ، ދަރުމަވަންތަ ސްކޫލު، އުތުރު އިމާރާތުގެ 1ވަނަ ފަންގިފިލާގެ ކުލާސްރޫމު 1ސީގައި ބަހައްޓާގައި ހުރި ބ.އަތޮޅު މާލެ-6 (460) މި ފޮށްޓަށް ވެސް ވޯޓްލެވެއެވެ. މި ފޮށްޓަށް ވޯތްލެވެނީ މާލޭގައި ތިބި، ބ. ތުޅާދޫ ރޯޝަނީ މަގުގެ ދެކުނުން ހިމެނޭ ގޭގެ މީހުންނެވެ. މީގެ އިތުރުން ހުޅާމާލޭ އަދި ވިލިމާލޭގެ ވަކި ފޮށްޓަކަށް ރަޖިސްޓްރީ ކޮށްފައިވާނަމަ އެ ފޮށްޓަކަށް ވެސް ވޯޓްލެވެއެވެ.
ފުރުޞަތުގެ ބޭނުން ހިފުމަށް ޓަކައި މާދަމާގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ތިބާއަށް ލިބިފައިވާ ހައްގު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާށެވެ. ތުޅާދޫއަށް ޚިދުމަތްކޮށްދެއްވަން ބޭނުންވެވަޑައިގެންނެވި ދަރީންގެ ތެރެއިން މި ދައުރަށް އިޚުތިޔާރުކުރާ ދަރީންނަށް އެ ފުރުޞަތުދެއްވަމާ ހިނގާށެވެ.