
ޓާގެޓުން ބޭއްވި "ކުޑަގޯލު ވަންޑޭ ކަޕް"ގެ ޗެންޕިއަންކަން ހޯދީ ސޮސެޖް ކިންގްޑޮމްއިންނެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެންޕިއަންކަން ސޮސެޖް ކިންގްޑޮމްއިން ހޯދީ ފައިނަލް މެޗުގައި ސޮސެޖް އެފްސީއާ ބައްދަލުކޮށް ކުޅެވުނު މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ޖުމުލަ 15 މެޗު ކުޅެވުނު މުބާރާތުގައި 12 ޓީމެއް ބައިވެރިވިއެވެ. 4 ގުރޫޕަކަށް ބަހައިލައިގެން ކުޅެވުނު މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ކުޑަ ގޯލުމުބާރާތުން ޗެންޕިއަންކަން ހޯދި ސޮސެޖް ކިންގޑޮމްއިން ތަށްޓާ ހަވާލުވަނީ
ޓާގެޓުން ފިޠުރު ޢީދު ދުވަހު އަލަށް ބޭއްވި އެއް ދުވަހުގެ ހޭންޑްބޯޅަ މުބާރާތުން ޗެންޕިއަންކަން ހޯދީ ޒެފާސް ސްޕޯޓްސް ކުލަބެވެ. އެ ކުލަބުން ޗެންޕިއަންކަން ހޯދީ ފައިނަލްގައި ގޮމައާއި ބައްދަލުކޮށް މޮޅުވެގެންނެވެ. އެ މުބާރާތުގައި 4 ޓީމަކުން ވާދަކޮށްފައިވާއިރު 7 މެޗު ކުޅެވުނެވެ.
ހޭންޑްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދި ޒެފާސްއިން ތަށްޓާ ހަވާލުވަނީ
ފިތުރު އީދުގެ އުފާފާޅުކުރުމަށާއި ކުޅިވަރުގެ ރޫހު ދިރުވައި ގުޅުންތެރިކަން އިތުރުކުރުމުގެ މަގުޞަދުގައި ޓާގެޓުން ބޭއްވި މުބާރާތްތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިވާއިރު މުބާރާތްތަކަށް އެހީތެރިވެދިން ފަރާތްތަކަށް އެ ކޮމިއުނިޓީގެ ފަރާތުން ޝުކުރު އަދާކުރެއެވެ. ޓާގެޓް ވަންޑޭ ކަޕް ފުޓްބޯޅަ މުބާރާތް ކުޑައީދުގައި ބޭއްވި މިއީ 3ވަނަ އަހަރެވެ. އަދި ކުޑައީދުގައި ނެޓްބޯޅަ މުބާރާތް ބޭއްވި މިއީ ފުރަތަމަ އަހަރެވެ.