ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ފޭލިޖަމިއްޔާއިން ބޭއްވި ގުރުއާން މުބާރާތުން ދެ ގޮފިން ވެސް 1ވަނަ ތުޅާދޫ ދަރިވަރުންނަށް

ބ. އޭދަފުށީ، ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އިންތިޒާމުކޮށްގެން އޭދަފުށީގައި ބޭއްވި 21 ވަނަ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިންނާއި ހިތުން ކިޔެވުމުގެ ބައިން ފަޚުރުވެރި 1ވަނަ ތުޅާދޫ ދެ ބައިވެރީން ހޯދައިފިއެވެ.

މި ރޯދަ މަހު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ތުޅާދޫ މީޒާން، ޢައްމާރު ބިން ސަޢުދުﷲ ޚާތިމްއެވެ. ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ތުޅާދޫ ދިލްބަހާރުގެ، އަލްމާ އަޙްމަދު އަސްލަމްއެވެ. މީގެ އިތުރުން ކީ ސްޓޭޖު 2ން ހިތުން ކިޔުމުގެ ބައިން 1ވަނަ ޢައްމާރު ހޯދާފައިވާ އިރު ޢަލްމާ ވަނީ ކީ ސްޓޭޖު 4ން ފޮތުން ކިޔުމުގެ ބައިން ވެސް 1ވަނަ ހޯދާފައެވެ.

މި ރޯދަމަހު ކުރިއަށް ގެންދިޔަ މުބާރާތުން ތުޅާދޫގެ އެތައް ދަރިވަރުންނެއްވަނީ އެތައް ކާމިޔާބެއް ހޯދާފައެވެ. މިގޮތުން މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން ތުޅާދޫ އައިތަ، އާޔާ ޢަބްދުލްޢަޡީމް ދެވަނަ ހޯދި އިރު ކީ ސްޓޭޖު 5ން ފޮތުން ކިޔެވުމުގެ ބައިން 1ވަނަ ހޯދާފައިވަނީ ވެސް އާޔާއެވެ. އަދި މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ބައިން ތުޅާދޫ އާލިޔާމަންޒިލް، ޢައިނީ އަޙްމަދު އަބްދުއްރަހީމް 3ވަނަ ހޯދި އިރު، ކީ ސްޓޭޖު 3ން ފޮތުން  ކިޔެވުމުގެ ބައިން 1ވަނަ ހޯދީ ވެސް އައިނީއެވެ. މީގެ އިތުރުން މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ތުޅާދޫ ފަލަސް، ފާޠިމަތު ނިޝްޔާ ޝުޖާއު 2ވަނަ ހޯދި އިރު، ކީ ސްޓޭޖު 4ން ހިތުން ކިޔެވުމުގެ ބައިން 1ވަނަ ހޯދީ ވެސް ނިޝްޔާއެވެ. މީގެ އިތުރުން މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން ތުޅާދޫ އުއްތަރު، މިޢުވާން މުޢުތަޞިމް މުޙައްމަދު 3ވަނަ ހޯދި އިރު، ކީ ސްޓޭޖު 1ން ހިތުން ކިޔެވުމުގެ ބައިން  1ވަނަ ހޯދީ ވެސް މިއުވާންއެވެ.

your imageތުޅާދޫގެ ދަރިވަރުން ހޯދި ކާމިޔާބީތަކާ އެކު

މީގެ އިތުރުން ކީ ސްޓޭޖު 2ން ހިތުން ކިޔެވުމުގެ ބައިން ތުޅާދޫ، ކަނދޮޅުމާގެ، ޒައުލް ބިން ޝާމިން ހުސައިން، 3ވަނަ ހޯދާފައިވާ އިރު ކީ ސްޓޭޖު 3ން ފޮތުން ކިޔެވުމުގެ ބައިން ތުޅާދޫ، ޖާފާނުގެ، ޔޫސުފް ޔުއާން ވިޝާމްވަނީ 3ވަނަ ހޯދާފައެވެ. މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖުގެ ހިތުން ކިޔެވުމުގެ ބައިން ތުޅާދޫ، ތަރަހަ، މަންވާ މުޙައްމަދު ރަޝާދު، 2ވަނަ ހޯދާފައިވާއިރު ކީ ސްޓޭޖު 2ން ފޮތުން ކިޔެވުމުގެ ބައިން ތުޅާދޫ، ޝަފަގްހިޔާ،  ޝަފޫޤު މުޙައްމަދު ސަމީރު ވަނީ 2ވަނަ ހޯދާފައެވެ. އަދި ކީ ސްޓޭޖު 4ން ފޮތުން ކިޔެވުމުގެ ބައިން ތުޅާދޫ، ޝަފަގްހިޔާ، ޝަފްގާ މުޙައްމަދު ސަމީރު، 2ވަނަ ހޯދާފައިވާ އިރު 19އަހަރާއި 35 އަހަރާ ދެމެދުގެ ފޮތުން ކިޔެވުމުގެ ބައިން ތުޅާދޫ، ފަސްތަރި، ޔަމާނީ އިބްރާހީމް ޞާލިޙް،ވަނީ 2ވަނަ ވެސް ހޯދާފައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ޝީލްޑާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސައުދާންއާއި އޭދަފުށީގެ އިސްވާރުންނެވެ. 

ފޭލި ޖަމިއްޔާއިން އޭދަފުށީގައި ބާއްވަމުން އަންނަ ގުރުއާން މުބާރާތަކީ ކާމިޔާބު މުބާރާތެކެވެ. އަދި އަތޮޅުގައި ބާއްވާ ގުރުއާން މުބާރާތްތަކުން ތުޅާދޫ ދަރިވަރުން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments