ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

މީދޫ ރައްޔިތުންގެ ޝަރަފުގައި އެ ރަށު ރައްޔިތުންނަށް ޖާފަތެއް

ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ރ.މީދޫ ރައްޔިތުން ބ.ތުޅާދޫއަށް ކުރި ތާރީޚީ ދަތުރުގައި ތުޅާދޫ ރައްޔިތުންގެ ފަރާތުން ރ. މީދޫގެ މެހުމާނުންނަށް ޚާއްޞަ ޖާފަތެއް އަރުވައިފިއެވެ. މި ޖާފަތް އެރުވުމުގެ ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގައުމިއްޔަތުގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ބ.ތުޅާދޫއާއި ރ.މީދޫގެ ޒަމާންވީ ގުޅުން އެހެން ރަށްތަކުން ނަމޫނާ ނަގަންޖެހޭ ކަމަށެވެ. ތުޅާދޫއާއި ރ. މީދޫގެ ރައްޔިތުންގެ ދެމެދުގައިވާ ގުޅުމުގެ ތެރެއިން މީދޫ ރައްޔިތުން ތުޅާދުއަށް އައީ އެ މީހުންގެ އިންސާނިއްޔަތުކަމާއި އިސްލާމީވަންތަކަން އަދި ދިވެހިވަންތަކަން ކުރިއަށް ނެރެގެން ކަމަށް ވިދާޅުވިއެވެ. އަދި ތުޅާދޫ ރައްޔިތުން ވެސް ދެއްކެވީ އެ ނަމޫނާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ އަޅުގަނޑުމެންގެ މުސްތަޤުބަލު އޮތީ، އެއްބައިވަންތަކަންމަތީ ތިބެގެން ކަމަށާއި އަދި ކުރިއެރުން އޮތީ އެއްގޮތްވަންތަކަމުގައި ކުރިއަށް ގޮސްގެން ކަމަށެވެ. ވަޒީރު ވަނީ، އެއްބައިވަންތަކާއި އަހުވަންތަކަން ދަމަހައްޓައި މި ދެރަށުގެ ދެމެދުގައިވާ ގުޅުން ނަމޫނާއަކަށް ބަލައި އެހެން ރަށްތަކުން ވެސް މިގޮތަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ. ވަޒީރުގެ ވާހަކައިގައި ވަނީ، ރ. މީދޫ ރައްޔިތުން ބ. ތުޅާދޫގައި ބިނާކޮށްދެއްވި ބިނާގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ބިނާ މިއަދު ނެތުމުން އެކަމުގެ އަސަރު އަދި ހިތާމަ ތުޅާދޫ ރައްޔިތުން ކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ހަފުލާގައި ފަންނުވެރިކަން ކުރިއަރުވާ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްއެވެ. ރ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، އެ ރަށު ކައުންސިލްގެ ރައީސް ޙަސަން ޝަރީފެވެ. މި އެއްބަސްވުމަކީ، ދެ ރަށުގެވެސް ފަންނުވެރިކަމާއި ހުނަރު އެއްރަށުން އަނެއް ރަށަށް ފޯރުކޮށްދިނުމަށާއި އަދި ފަންނުވެރިކަމުގެ އެކި ދާއިރާތަކުން ދެރަށުގެ ރައްޔިތުން މައުލޫމާތު ބަދަލު ކުރުމަށާއި ކުޅިވަރުގެ ދާއިރާއިން ކުރެވެން ހުރި އެކި މަސައްކަތް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

މީގެ އިތުރުން ތުޅާދޫއާއި ރ. މީދޫއާއި ދެމެދު ޒަމާނުންސުރެ އޮތް އެކުވެރިކަން ދަމަހައްޓައި އެކަން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމާއި ދެ ކައުންސިލާއި ދެ ރަށުގެ މެދުގައި ވަނީ ފައްތޫރާއެއްގައި ސިއްކަ ޖައްސަވާފައެވެ. މީގެ އިތުރުން ދަތުރުގެ ހަދާނީ ފިލާގެ ގޮތުގައި ރ. މީދޫ ކައުންސިލުން ވަނީ، ތުޅާދޫ ކައުންސިލަށް ޚާއްސަ ހަނދާނީ ފިލާއެއް ވެސް އަރުވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތުޅާދޫ ރައްޔިތުން މީދުއަށް ދިއުމަށް މީދޫ ރައްޔިތުން ވަނީ ތުޅާދޫ ރައްޔިތުންނަށް ޚާއްޞަ ދައުވަތު ވެސް ދީފައެވެ. 

your imageދެ ކައުންސިލުން އެއްބަސްވި ފަހުމުނާމާއަށް ފަހު ދެ ކައުންސިލުގެ ރައީސް 

މި ރައްމިއްޔާތުގައި ތުޅާދޫ ކުރީގެ ކަތީބު ޢުޘްމާން ޢަލީއާއި ތުޅާދޫއާއި މީދޫއަށް ނިސްބަތްވާ ޑރ. އަމީން އިބްރާހީމް ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ރަށުގެ ކައުންސިލްގެ ރައީސް ވެސް ވާހަކަފުޅު ދެއްކެވިއެވެ. ޖާފަތަށް އިންސާފުކުރުން ކުރިއަށް ދިޔަ އިރު ކުރުފަލިޖެހުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. 

ރ. މީދޫން ތުޅާދޫއަށް ކުރި މި ދަތުރުގައި 315 ވުރެ ގިނަ މެހުމާނުން ބައިވެރިވިއެވެ. އަދި ތުޅާދޫން ވެސް ގިނަ ރައްޔިތުންތަކެއް ބައިވެރިވިއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments