ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން 2ވަނަ ތުޅާދޫ ސްކޫލަށް

ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ އުމުރުފުރާއިން 2ވަނަ، ތުޅާދޫ ސްކޫލުން ހޯދައިފިއެވެ.

ރޭ ސަލާހުއްދީން ސްކޫލުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މަޢިއްޒު ޝަރަފުވެރިކޮށްދެއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރި ޖަލްސާގައި ތުޅާދޫ ސްކޫލަށް 2ވަނަ ލިބިފައިވާކަން އިޢުލާންކޮށްފައިވާ އިރު ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ތުޅާދޫ ދަރިވަރަކު ހިމެނިފައިވެއެވެ. ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ތުޅާދޫ ސްކޫލުން ހިމެނިފައިވަނީ އެ ސްކޫލުގެ އާނާ ޢަލީ ރަޝީދެވެ.

your imageކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނުނު އާނާ ޢަލީ ރަޝީދު 

މީގެ އިތުރުން މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ވެސް ތުޅާދޫ ދަރިވަރަކު ހިމެނިފައިވެއެވެ. އެއީ  ތުޅާދޫ ސްކޫލުގެ ދަރިވަރު ޒީކް އަޝްރަފް ޢަލީއެވެ. 

your imageމަޒުމޫނު ލިޔުމުގެ މުބާރާތުން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނުނު ޒީކް އަޝްރަފް ޢަލީ

ތުޅާދޫ ސްކޫލުން ވަނީ 2024ވަނަ އަހަރު ދިވެހި ބަހުގެ އެކެޑަމީން ބޭއްވި އަދަބީ އެކި މުބާރާތްތަކުން ކާމިޔާބުތައް ހޯދާފައެވެ. މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައި ވާއިރު ވަރަށް ގިނަ ސްކޫލުތަކުން އަދަބީ މުބާރަތްތަކުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments