ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

45ވަނަ މަސްވެރިންގެ ދުވަހުގެ ދެ އެވޯޑެއް ތުޅާދޫއަށް

މި އަހަރު ފާހަގަކުރި 45ވަނަ މަސްވެރީންގެ ދުވަހު ސަރުކާރުން ދެއްވި ދެ އެވޯޑެއް ތުޅާދޫގެ ދެ ފަރާތަކަށް ލިބިއްޖެއެވެ. މި އެވޯޑު ލިބިވަޑައިގަތީ ބ.ތުޅާދޫ އާލިޔާމަންޒިލް، ޝަރީފާ އިދުރީސް (ޝަރީފައްތަ) އަށާއި ތުޅާދޫ ހައިސަމް ދޯންޏަށެވެ.

2023ވަނަ އަހަރާއި 2024ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯއްދަވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދުވާފަރުގައި ބޭއްވުނު ޖަލްސާގައި ޝަރީފައްތައަށް އެވޯޑު ލިބިވަޑައިގަތީ މަހުގެ އުފެއްދުންތައް އފެއްދުމުގެ ދާއިރާއިން އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިގޮތުން ޝަރީފައްތަވަނީ އަގު އެއްކުރި ތަކެތި އުފައްދައި ވިއްކުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައެވެ.

ހައިސަމް ދޯންޏަށް އެވޯޑު ލިބުނީ 2023ވަނަ އަހަރު ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި އުޅަނދަކަށް އެ ދޯނި ހޮވިފައިވާތީއެވެ.

ޝަރީފައްތަގެ ފަރާތުން މި އެވޯޑާ ހަވާލުވީ ޝަރީފައްތަގެ ދަރިފުޅު އަޙުމަދު ޢަބްދުއްރަޙީމެވެ. ހައިސަމް ދޯނީގެ ފަރާތުން މި އެވޯޑާ ހަވާލުވީ ދޯނީގެ ވެރިޔާ ޔޫސުފް ސުލައިމާނެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments