ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ހާފިޒުކަން ހޯދާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް 130،000 ރުފިޔާ ހުށަހަޅައިފި

ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް 130،000 ރުފިޔާ ހުށަހަޅާފައިވާކަން ތުޅާދޫ ސްޕޯޓްސް ކުލަބުން އިޢުލާންކޮށްފިއެވެ.

އެ ކުލަބުން އެކަން އިއުލާނުކުރީ އެ ކުލަބުގެ 22ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުލަބުގެ ރައީސް ޙުސައިން ރަޝީދުއެވެ. 

ޑިސެންބަރު މަހުގެ 2ވަނަ ދުވަހު ތުޅާދޫ މަލްޓިޕާޕަސް ހޯލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ކުލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ 2030ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް އެކި ފަރާތްތަކުން 130،000 ރުފިޔާގެ ހުށަހަޅާފައިވާ ކަމަށެވެ. ތަފްސީލްތައް ދެއްވަމުން ޙުސައިން ރަޝީދު ވިދާޅުވީ ތުޅާދޫގައި ގުރްއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން އިނާމް ހުށަހަޅާފައިވަނީ ތުޅާދޫ ސްޕޯރޓްސް ކުލަބުންނާއި ތުޅާދޫގައި ކިޔަވާދިނުމުގެ ހިދުމަތް ކުރައްވާފައިވާ އަގުހުރި ދެ ބޭފުޅެއްގެ ހަނދާނަށް ކަމަށެވެ.

މިގޮތުން އިނާމު ހުށަހަޅުއްވާފައިވަނީ 

  • 31 ޑިސެމްބަރ 2030ގެ ނިޔަލަށް ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ހާފިޒަށް ތުޅާދޫ ސްޕޯރޓްސް ކުލަބުންދޭ 25000.00 ރުފިޔާ
  • ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އާއިލާގެ ފަރާތުން 25000.00 ރުފިޔާ
  • ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50000.00 ރުފިޔާ
  • ތުޅާދޫގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުހައްމަދުމަނިކު (އެދުރުބެ) ކަރަންކާއާގެ / ބ.ކުޑަރިކިލު ގެ ހަނދާނުގައި 30000.00 ރުފިޔާ

މި އިނާމު އިޢުލާން ކުރި ތުޅާދޫ ސްޕޯޓްސް ކުލަބަކީ ގުރުއާން މުބާރާތް ބާއްވައި އަދި ގައުމީ ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކުން ތުޅާދޫ ދަރިވަރުންނަށް ފުރުޞަތު ހޯދައިދޭ ޚިދުމަތްތެރި ޖަމިއްޔާއެކެވެ. މި ކުލަބުގެ ނަމުގައި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވި ތުޅާދޫ ދަރިން ވަނީ ތުޅާދޫއަށް ރީތި ނަން ހޯދައިދީފައެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments