ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛް އިބްރާހީމް ޢަފީފް ޢައްޔަންކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ބ.ތުޅާދޫ ގުލްބަހާރުގޭ އަލްއުސްތާޛް އިބްރާހީމް ޢަފީފް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ޢައްޔަންކުރެއްވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިއުލާނުކުރައްވާފައެވެ. އަލްއުސްތާޛް އިބްރާހީމް ޢަފީފަކީ ޓެކްސްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފުރަތަމަ ދައުރުގެ ރައީސްކަން ވެސް ކުރައްވާފައިވަނީ އަލްއުސްތާޛް އިބްރާހީމް ޢަފީފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ، ޓެކްސްއާ ގުޅުންހުރި މައްސަލަތައް ބަލައި، ހައްލުކުރުމަށް ޓަކައި ޤާނޫނުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި މަޤާމަށް އިބްރާހީމް ޢަފީފް ޢައްޔަންކުރެއްވުމާ އެކު، ޓްރައިބިއުނަލްގެ މަސައްކަތްތަކަށް އިތުރު ތަޖުރިބާކާރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments