ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ޤުރުއާންކިޔެވުމުގެ ޤައުމީ މުބާރާތުން ތުޅާދޫ ދެ ދަރިވަރަކު ދެވަނަ ހޯދައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބ. ތުޅާދޫން ބައިވެރިވި ދެ ދަރިވަރަކު ދެވަނަ ހޯދައިފިއެވެ.

ތުޅާދޫއަށް މި ރީތި ނަން ހޯދައިދިނީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ބައިވެރިވި މުޙައްމަދު އާރިކު އަޙްމަދު ޞާލިޙާއި ތުޅާދޫ، ރަޥްޟަތުލް އަޠްފާލި ގުރުއާން ކުލާހުން ބައިވެރިވި އަލްމާ އަޙްމަދު އަސްލަމްއެވެ.

your image 2ވަނަ ހޯދި ތުޅާދޫ ސްޕޯރޓްސް ކުލަބްގެ މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް އިނާމު ލިބިގަންނަނީ

މުބާރާތުން މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް 2ވަނަ ހޯދީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބަލައިގެން ކިޔެވުމުގެ ފޮތުގެ ބައިންނެވެ. އަލްމާ އަޙްމަދު އަސްލަމް 2ވަނަ ހޯދީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތްގެ ބަލައިގެން ކިޔެވުމުގެ 20 ފޮތުގެ ބައިންނެވެ.

your image 2 ވަނަ ހޯދި ރަޥްޟަތުލް އަޠްފާލި ގުރުއާން ކުލާހުގެ އަލްމާ އަޙްމަދު އަސްލަމް އިނާމު ލިބިގަންނަނީ 

ތުޅާދޫ ސްޕޯޓްސް ކުލަބަށް ގައުމީ މުބާރާތުން މިފަދަ ކާމިޔާބެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ރަޥްޟަތުލް އަޡްފާލި ވަނީ 2022 ވަނަ އަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެފައެވެ. އެ އަހަރުގެ މުބާރާތުން ނާޝް އަޙްމަދު ނިސާންއަށް 03 ވަނަ ވަނީ ލިބިފައެވެ. 

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ތުޅާދޫ ސްޕޯރޓްސް ކުލަބުން މި އަހަރު 7 ބައިވެރިއަކު ތަމްސީލުކުރިއެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުން ވަނީ މި ދިޔަ އަހަރު އޮތް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވެސް ބައިވެރިވެފައެވެ. އެ ކުލަބަކީ މެދު ކެނޑުމެއްނެތި ރަށު ފެންވަރުގައި ޤުރުއާން މުބާރާތް ބާއްވަމުން އަންނަ 48 އަހަރު ވެފައިވާ ޚިދުމަތްތެރި ކުލަބެކެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ލިޔެލާޖެހުން : ތުޅާދޫގެ ފަޚުރުވެރި ތާރީޚް
5 days ago 1 Comments
މުހަންމަދު އަހުމަދު : ހުނަރުތަކުން ފުރިފައިވާ ކެޔޮޅު
1 week ago 0 Comments
ތުޅާދޫގައި ދަތުރުވެރީންގެ ހިޔަލެއް ހުޅުވައިފި
2 weeks ago 0 Comments
މީދޫ ރައްޔިތުން ތުޅާދުއަށް ކުރި އެއްބައިވަންތަކަމުގެ ދަތުރު ނިންމާލައިފި
2 weeks ago 0 Comments