ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި

ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތުޅާދޫގައި ބޭއްވި "ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް 2025"ގެ ޗެމްޕިއަންކަން، ދެކުނުކަންމަތި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ފައިނަލުގައި ފަތްމިނި ޓީމާ ވާދަކޮށް ދެކުނުކަންމަތި ޓީމުން ޗެންޕިއަންކަން ހޯދާފައިވަނީ 30 ލަނޑުގެ ތަފާތަކާ އެކުއެވެ.  ފައިނަލް މެޗުގައި ފަތްމިނި ޓީމަށް 7 ލަނޑު ކާމިޔާބު ކުރެވުނު އިރު މުބާރާތުގައި މޮޅުކުޅުމެއް ދެއްކި ދެކުނު ކަންމަތިން ވަނީ 37 ލަނޑު ކާމިޔާބު ކޮށްފައެވެ.

އަންހެން ކުޅުންތެރިންނަށް ހިތްވަރުދީ، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބޭއްވުނު މި މުބާރާތް ނިމިގެންދިޔައީ ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މި ރަސްމިއްޔާތުގައިވަނީ މުބާރާތުން ފާހަގަކޮށްލެވުނު އެކި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްފައެވެ.

your imageފަތްމިނި- މުބާރާތުގެ ރަނަރަޕްކަން ހޯދި ޓީމު

މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ދެކުނުކަންމަތި ޓީމުގެ ޖާޒީނަންބަރު 5، ޝަބާ ޔޫސުފްއެވެ. ޝަބާ ވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމުގެ އިތުރުން، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަޤާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ވެސް ހޯދައިފައެވެ.

your imageޝަބާ- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ

މުބާރާތުގެ އެންމެ މޮޅު ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ޒެފަރސް ސްޕޯޓްސް ކްލަބެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޒެފަރސް ޓީމުގެ ޖާޒީ ނަންބަރު 2، ރައުފަތުއެވެ.

your imageއެންމެ މޮޅު ސަޕޯޓަރުންގެ ޓީމް- ޒެފާސް ސްޕޯޓްސް ކުލަބް

your imageރައުފަތު- މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ:

ރިފްދާ އިބްރާހީމް (ޖާޒީ ނަންބަރު 7) - ދެކުނުކަންމަތި

ޝަބާ ޔޫސުފް (ޖާޒީ ނަންބަރު 5) - ދެކުނުކަންމަތި

ޔުސްރާ ޔޫސުފް (ޖާޒީ ނަންބަރު 3) - ފަތްމިނި

ޒުހާ ރަޝީދު (ޖާޒީ ނަންބަރު 17) - ދެކުނުކަންމަތި

ކައުސަރު އާދަމް ސަޢީދު (ޖާޒީ ނަންބަރު 21) - ދެކުނުކަންމަތި

މަރްޔަމް އަރުޝީ (ޖާޒީ ނަންބަރު 13) - ފަތްމިނި

އިފްޒާލް ޙަސަން (ޖާޒީ ނަންބަރު 12) - ދެކުނުކަންމަތި

your imageމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރީން 

މީގެ އިތުރުން، މުބާރާތުގައި ކުޅުނު 18 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް، "ހޯޕް ނެވަރ ޑައިޒް އެވޯޑް" ޔަންގް އީގަލްއިން ވަނީ ގިނަ ކުދިންތަކަކަށް ދީފައެވެ.

your image"ހޯޕް ނެވަރ ޑައިޒް އެވޯޑް" ލިބުނު ކުޅުންތެރީން

މި މުބާރާތަކީ ތުޅާދޫގައި އަންހެން ކުޅިވަރަށް ލިބިފައިވާ މަޤްބޫލުކަން ދައްކުވައިދިން ކާމިޔާބު މުބާރާތެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments