ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ޕްރީސުކޫލުގެ 18ވަނަ ގުރުއާން މުބާރާތް ބާއްވައިފި

ތުޅާދޫ ސްޕޯޓްސް ކުލަބުން ހިންގާ ތުޅާދޫ ޕްރީސުކޫލުގެ 18ވަނަ ގުރުއާން މުބާރާތް ބާއްވައިފިއެވެ.

ތުއްތު ކުދިންގެ ހިތްތަކުގައި ކީރީތި ގުރުއާނަށް ލޯބި އުފެއްދުމުގެ މަގުޞަދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި އެ ޕްރީ ސްކޫލުގައި ކިޔަމުން އަންނަ ގިނަ ދަރިވަރުން ބައިވެރިވެ ކިޔަވާފައިވެއެވެ.

ތުޅާދޫ ޕްރީ ސްކޫލުގެ ޕްރިންސިޕަލް ސާޖިދާ ޢަބްދުއްރަޙުމާން ވިދާޅުވީ މިއަހަރު މުބާރާތަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި ގިނަ ދަރިވަރުން މުބާރާތުގައި ކިޔަވާފައިވާކަމަށެވެ.

"މި ޕްރީ ސްކޫލުގައި ކިޔަވައިދެނީ ބޭބީ ނާސަރީއާއި ނާސަރީ ދަރިވަރުންނަށް. މުޅި އެކު 18 ދަރިވަރުން މި ވަގުތު ތައުލީމު ހާސިލުކުރަމުން ގެންދޭ. އޭގެ ތެރެއިން 16 ދަރިވަރަކު މުބާރާތުގައި ކިޔަވާފައިވޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.

މި އަހަރު މުބާރާތް ވެސް ކުރިއަށް ގެންދިޔައީ އެ ދަރިވަރަކު ބޭނުން ސޫރަތެއް ކިޔެވުމުގެ ފުރުޞަތު ދީގެންނެވެ.

"މުބާރާތް ކުރިއަށް ގެންދިޔަ އިރު ފަނޑިޔާރުންގެ ޓީމެއް ދަރިވަރުންގެ ކުރިމަތީ ބޭތިއްބިން. މުބާރާތެއްގެ ގޮތުގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ދަރިވަރުންނަށް އެފަދަ ހަރަކާތްތަކުގެ ތަޖުރިބާ ލިއްބައިދީ އެފަދަ ކަންކަމަށް އަހުލުވެރި ކުރުވުމަށް." ޕްރިންސިޕަލް ވިދާޅުވިއެވެ.  

މި އަހަރު މުބާރާތުގައި ކިޔެވި ކޮންމެ ދަރިވަރަކަށް ވެސް ހިތްވަރު ދިނުމުގެ ގޮތުން ޓްރޮފީއެއް ދެވުނެވެ.

ތުޅާދޫ ޕްރީސުކޫލަކީ 35 އަހަރުގެ ދިގު ތާރީޚެއް އޮތް ޕްރީ ސުކޫލެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments