ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މުނިފޫހި

ހުޅުވާލެވިފައިވާ ސިޓީ

މިއީ ނޫހުގެ ކިޔުންތެރިއަކު މި ނޫހަށް ފޮނުވި ސިޓީއެކެވެ. މިއީ ހުޅުވާލެވިފައިވާ ސިޓީއެކެވެ. ސިޓީ ލިޔެފައިވަނީ ތުޅާދޫ ސްކޫލުން ކިޔެވި ދަރިވަރެކެވެ.

`

                 ލޯބިވާ ސްކޫލްގެ ހިންގުންތެރި އިސްވެރީންނަށް

                 ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

                  މި ސިޓީއަކީ އަޅުގަނޑުމެންގެ ލޮބުވެތި ސްކޫލަށް 89 އަހަރު ފުރުމުގެ ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމުގެ އިތުރުން، ސްކޫލުގެ ކުރިއެރުމަށް ޓަކައި ބައެއް ޚިޔާލުތައް ހުށަހަޅާލަން ބޭނުންވެގެން ލިޔެފައިވާ ހުޅުވިފައިވާ ސިޓީއެކެވެ.

                 ތިޔަ ސްކޫލަކީ ޤަރުނަކާ ކައިރި ދިގު ތާރީޚެއްގެ ތެރެއިން އެތަކެއް ދަރިވަރުންގެ ޢިލްމީ ދިރިއުޅުމުގެ ފެށުން ކަމުގައި ވެފައި، އެތައް ބަޔެއްގެ ތަރުބަވީ ގޮވައްޗެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ ތުޅާދޫގެ މަތިވެރި މުއައްސަސާއެކެވެ. މިއީ ސްކޫލުގެ ނަމޫނާ މަސައްކަތަށް ލިބުނު ފަޚުރެކެވެ.

                 ޤަރުނަކަށް ކައިރިވަމުން މިދާ ދަނޑިވަޅަކީ ސްކޫލަށް އައު ދިރުމެއް ގެނެސް، ކުރިއަށް އޮތް 10 އަހަރުގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލުން ވަރަށް މުހިއްމު ދަނޑިވަޅެކެވެ. މި ޕްލޭން އެކުލަވާލެވެންވާނީ ހުޅުވާލެވިފައިވާ މަޝްވަރާތަކެއްގެ މަތިން، ސްކޫލްގެ މެނޭޖްމަންޓާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންގެ އިތުރުން، މުސްކުޅި ދަރިވަރުންނާއި ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެންނެވެ.

                 މި ޕްލޭންގެ ތެރެއިން ސްކޫލަށް ޤަރުނުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ތަފްސީލީގޮތެއްގައި ދިރާސާކުރުން މުހިއްމެވެ. މީގެ އިތުރުން، ސްކޫލްގެ މިހާރުގެ ގޮންޖެހުންތައް ދިރާސާކޮށް، އެ ކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކެއް މި ޕްލޭންގައި ހިމެނުމަކީ ވެސް ވަރަށް އަސާސީ ކަމެކެވެ.

                 ސްކޫލަކީ ރައްޔިތުންގެ މުއައްސަސާއެއްކަން ދައްކުވައިދިނުމަށް ޓަކައި، ރަށުގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިގަތުމަށް ޓަކައި، އިތުބާރުކުރެވޭނެ ގޮތްތައް އިތުރުކުރުމަށް މަސައްކަތްކުރުން މުހިއްމެވެ. މިހާރަށް ވުރެ ބޮޑަށް ރައްޔިތުން ސްކޫލްގެ ކަންކަމުގައި ބައިވެރިކުރުވުމާއި، ގިނަބަޔަކު ޝާމިލްވާނޭ ގޮތަށް ކަންކަން ބައްޓަންކުރުމަށް ވެސް ހުށަހަޅަމެވެ.

                 89 އަހަރު ފުރޭ އިރު، މި ސްކޫލުން އެތައް ޢިލްމީ ދަރިންނެއް ބިނާކޮށްފައިވެއެވެ. އެ ބޭފުޅުންގެ ޢިލްމީ އަދި މަސައްކަތުގެ ތަޖުރިބާގެ ބޭނުން ސްކޫލްގެ ކުރިއެރުމަށް ހެޔޮގޮތުގައި ހިފޭނޭ ގޮތްތަކެއް ހޯދުން ވަރަށް މުހިއްމެވެ. އަދި ލިބޭ ފުރުސަތުތައް ފުރިހަމައަށް ބޭނުންކުރެވޭނެ ފަހި ވިސްނުމެއް ސްކޫލް މާހައުލުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމަށް ވެސް ހުށަހަޅަމެވެ.

                  އަޅުގަނޑުމެން އެދެނީ ތިޔަ ލޮބުވެތި ސްކޫލަށް އަދަށް ވުރެ ފަހި މާދަމާއަކަށެވެ.

                 އިޙުތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                17 އޯގަސްޓް 2025

                                                                                                                   ޚާދިމްކުމް

                                                                                                                   (ސޮއި)

                                                                                                            ސްކޫލަށް ހެޔޮއެދޭ ރައްޔިތެއް

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments