
ބައިވެރީން ހޮވުމަށް ޓަކައި މި ހިނގާ އޮގަސްޓް މަހުގެ 16-17 ގެ ނިޔަލަށް 2 ދަންފަޅިއަކަށް ބަހައިލައިގެން ކުރިއަށް ދިޔަ އޮޑިޝަންގައި ޖުމުލަ 24 ބައިވެރިއަކު ކިޔަވާފައިވެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ރޮނގުން 03 ބައިވެރިއަކާއި ބަލައިގެން ކިޔެވުމުގެ ރޮނގުން 21 ބައިވެރިންނެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު އޮޑިޝަންގައި ކިޔެވުމުގެ ރޮނގުން އަދި ކެޓަގަރީތަކުން އެންމެ މަތީ މާރކްސް ހޯދައިގެން ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ތުޅާދޫ ސްޕޯރޓްސް ކުލަބު ތަމްސީލުކުރުމަށް ހޮވުނީ 7 ބައިވެރީންނެވެ. އެއީ
1. ޢާއިޝަތު ފަލަކް ފާއިޤް، ފިނިވާދީ، ބ.ތުޅާދޫ | ނުބަލާ ކިޔެވުން | 03 ފޮތުގެ ބައި
2. މުޢާން މުއުތަޞިމް މުޙައްމަދު، އުއްތަރު، ބ،ތުޅާދޫ | ނުބަލާ ކިޔެވުން | 06 ފޮތުގެ ބައި
3. މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް، ކަރަންކާމާގެ، ބ.ތުޅާދޫ | ބަލައިގެން ކިޔެވުން | 05 ފޮތުގެ ބައި
4. އާން ޢަލީ، މޫރިތި، ބ.ތުޅާދޫ | ބަލައިގެން ކިޔެވުން | 10 ފޮތުގެ ބައި
5. ފާތިމަތު ޒާޔާ މުޙައްމަދު ފަޒީލް، ވިދާތަރި، ބ.ތުޅާދޫ | ބަލައިގެން ކިޔެވުން | 15 ފޮތުގެ ބައި
6. އާޔާ ޢަބްދުލްޢަޒީމް، އައިތަ، ބ.ތުޅާދޫ | ބަލައިގެން ކިޔެވުން | 20 ފޮތުގެ ބައި
7. ފާތިމަތު ސައިހާ، ނޫރާނީގެ، ބ.ތުޅާދޫ | ބަލައިގެން ކިޔެވުން | 30 ފޮތުގެ ބައި
ތުޅާދޫ ސްޕޯޓްސް ކުލަބުން ވަނީ މި ދިޔަ އަހަރު އޮތް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވެސް ބައިވެރިވެފައެވެ. އެ ކުލަބަކީ މެދު ކެނޑުމެއްނެތި 19 އަހަރަކު ރަށު ފެންވަރުގައި ޤުރުއާން މުބާރާތް ބާއްވަމުން އަންނަ 48 އަހަރު ވެފައިވާ ޚިދުމަތްތެރި ކުލަބެކެވެ.