
މި މަހުގެ 13 އިން 16އަށް ބ. އޭދަފުށީގައި ކުރިއަށް ދިޔަ އަތޮޅު ގުރުއާން މުބާރާތުން ފޮތުން ކިޔެވުމުގެ ބައިން ހުރިހާ ކީސްޓޭޖްތަކާއި އުމުރުފުރާތައް އެއްކޮށް ތުޅާދޫ ކައުންސިލުން ވަނީ ފަޚުރުވެރި 1ވަނަ ހޯދާފައެވެ. މީގެ އިތުރުން ހިތުން ކިޔެވުމުގެ ބައިން ހުރިހާ ކީސްޓޭޖްތަކާއި އުމުރުފުރާތައް އެއްކޮށް 3ވަނަ ރަށު ކައުންސިލަކަށް ހޮވުނީ ވެސް ތުޅާދޫ ކައުންސިލެވެ.
މި ފަހަރުގެ މުބާރާތުގައި ފޮތުން ކިޔެވުމުގެ ގޮފިން ހުރިހާ ކީސްޓޭޖްތަކާއި އުމުރުފުރާތައް އެއްކޮށް މުޅި މުބާރާތުން ފަޚުރުވެރި 1ވަނަ ހޯދީ ތުޅާދޫ ކައުންސިލުން ބައިވެރިވި އަނޫފް ޢަބްދުއްރަޙުމާންއެވެ. އަނޫފް ވަނީ ފޮތުން ކިޔެވުމުގެ ގޮފިން 19 އަހަރުން މަތީގެ ބައިން ވެސް 1 ވަނަ ހޯދާފައެވެ.
ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު3 ން 1ވަނަ ތުޅާދޫ ކައުންސިލްގެ ޢައިނީ އަޙުމަދު ޢަބްދުއްރަހީމް ހޯދިއިރު ފޮތުން ކިޔެވުމުގެ ގޮފިން ހުރިހާ ކީސްޓޭޖްތަކާއި އުމުރުފުރާތައް އެއްކޮށް މުޅި މުބާރާތުން 2ވަނަ ހޯދީ ވެސް ޢައިނީ ޢަޙުމަދު ޢަބްދުއްރަޙީމެވެ.
ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު1 ން 1ވަނަ، ތުޅާދޫ ކައުންސިލްގެ ޒައުލް ބިން ޝާމިން ޙުސައިން ހޯދި އިރު ހިތުން ކިޔެވުމުގެ ގޮފިން ހުރިހާ ކީސްޓޭޖްތަކާއި އުމުރުފުރާތައް އެއްކޮށް މުޅި މުބާރާތުން 3ވަނަ ހޯދީ ވެސް ޒައުލް ބިން ޝާމިން ޙުސައިންއެވެ.
މީގެ އިތުރުން ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު1 ން 1ވަނަ ތުޅާދޫ ކައުންސިލް ޝާއިން މުޙައްމަދު ޠަލާލު ހޯދި އިރު ފޮތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު2 ން 1ވަނަ، ތުޅާދޫ ކައުންސިލްގެ އިލްފް އިސްމާޢީލް ޝަމްވީލް ވަނީ ހޯދާފައެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން ފައުންޑޭޝަން ސްޓޭޖުން 2ވަނަ ތުޅާދޫ ކައުންސިލްގެ އަޔާނާ އުސާމަތު ޢަބްދުއްރަހީމް ހޯދާފައިވާ އިރު ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު1 ން 2ވަނަ ހޯދީ ތުޅާދޫ ކައުންސިލްގެ ޢަންމާރު ބިން ސަޢުދުﷲ ޚާތިމްއެވެ.
ހިތުން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖު2 ން 2ވަނަ ތުޅާދޫ ކައުންސިލް ޢާއިޝަތު ޔޫލީ އިބްރާހީމް ފައްވާޒު ހޯދި އިރު، ފޮތުން ކިޔެވުމުގެ ގޮފިން ފައުންޑޭޝަން ސްޓޭޖުން 2ވަނަ ތުޅާދޫ ކައުންސިލްގެ ޔަޝްމު ޢަލީ ސަމީރު ހޯދާފައިވެއެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން ފައުންޑޭޝަން ސްޓޭޖުން 3ވަނަ ތުޅާދޫ ކައުންސިލްގެ ކައިސާން އިސްމާޢީލް ޝައްފާން ވެސް ހޯދާފައިވެއެވެ.
ބ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި ގުރުއާނަށް ލޯބި ޖެއްސުމަށް ބ.އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ބޮޑު މުބާރާތުން ތުޅާދޫއަކީ އަބަދު ވެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުން އަންނަ ރަށެކެވެ. މި ފަހަރުގެ މުބާރާތުގައި 12 ރަށަކުން 202 ބައިވެރީން ވާދަކޮށްފައިވެއެވެ.