ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ކުޅިވަރު

ތުޅާ ފުޓްބޯޅަ މުބާރާތް: ޓާގެޓް ފުޓްބޯޅަ ޓީމު ފައިނަލަށް

ތުޅާދޫ ކައުންސިލުން ބާއްވާ ތުޅާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓާގެޓް ފުޓްބޯޅަ ޓީމުން ޕެނަލްޓީ ޖަހައިގެން ކަށަވަރުކޮށްފިއެވެ.

މި ޖާގަ ޓާގެޓުން ހޯދީ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ދެކުނު ކަންމައްޗާ ބައްދަލުކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި 4 ލަނޑު 2 ލަނޑުން ކުރިހޯދައިގެންނެވެ.

މިއަދު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔަ އިރު ދެ ޓީމު އެއްވަރުވެފައި އޮތީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ދެކުނު ކަންމައްޗަށް ލީޑު ނަގައިދިނީ އެ ޓީމުގެ 22 ނަންބަރު އަދީމް އާދަމްއެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ޓާގެޓް ފުޓްބޯޅަ ޓީމުގެ 12 ނަންބަރު މުޙައްމަދު ފާސިރު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ވެސް 1-1 ގެ ނަތީޖާއިން އެއްވަރުވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޓާގެޓް ފުޓްބޯޅަ ޓީމުން 4 ލަނޑު ޖެހެއިރު، ދެކުނު ކަންމައްޗަށް ޖެހުނީ 2 ލަނޑެވެ. މި ނަތީޖާއާ އެކު ޕެނަލްޓީން 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ޓާގެޓް ފުޓްބޯޅަ ޓީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓާގެޓް ފުޓްބޯޅަ ޓީމުގެ 12 ނަންބަރު މުޙައްމަދު ފާސިރެވެ.

your imageމެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ފާސިރު ޓްރޮފީއާ ހަވާލުވަނީ 

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 13 ވާ ބުދަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ ކުލަބް ތޮޅިހެލޭ އަދި ޓާގެޓް ފުޓްބޯޅަ ޓީމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޓްރާންސްފަރ ކުރެވޭނެތަ؟
1 month ago 0 Comments
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 month ago 0 Comments